ކ. މާލެ
|
27 ނޮވެންބަރ 2024 | ބުދަ 19:41
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އަނިޔާވެފައި ވަނިކޮށް ފެނުނު މީހާ ނިޔާވުން
ދަރުމަވަންތަ ހޮސްޕިޓަލް ބޭރު ތޮށި މޫދުން އަނިޔާވެފައި ވަނިކޮށް ފެނުނު މީހާ ނިޔާވެއްޖެ
އޭނާ އަކީ 55 އަހަރުގެ މީހެއް ކަމަށާއި އޭނާ އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބޭރު ތޮށި މޫދުން އަނިޔާވެފައި ވަނިކޮށް ފެނުނު ދިވެހި ފިރިހެން މީހާ ނިޔާވެއްޖެއެވެ.

ބުދަ ދުވަހު ފެނުނު އެމީހާ އެ ވަގުތު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވެއެވެ.

އޭނާ އަކީ 55 އަހަރުގެ މީހެއް ކަމަށާއި އޭނާ އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެ މީހާއަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށާއި މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް