Advertisement
ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 18:43
ކެއަރ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކް
ކެއަރ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކް
ވަގުތު.އެމްވީ
މަލްޓިސްޕެޝަލިޓީ ކްލިނިކް
ހުޅުމާލޭގައި 3 ކޮޓަރިއާއެކު ޚިދުމަތް ދޭން ފެށި ކެއަރ ޓްރަސްޓް، އައު ޚިދުމަތްތަކާއެކު މިއަދު ހޮސްޕިޓަލް ފެންވަރަށް!
ކެއަރ ޓްރަސްޓްގެ އައު ކްލިނިކްގައި 16 ކޮންސަލްޓޭޝަން ރޫމް ހުރޭ
އައު ކްލިނިކްގައި ކޮންމެ ކޮޓަރިއެއްގައި ހައިއެންޑް އަލްޓްރާ ސައުންޑް މެޝިން ހުންނާނެ

ހުޅުމާލޭގައި އެންމެ ތިން ކޮޓަރިއާއެކު ޚިދުމަތް ދޭން ފެށި ކެއަރ ޓްރަސް ކްލިނިކް، ހޮސްޕިޓަލް ފެންވަރަށް ބަދަލު ކޮށް އައު ކެއަރ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކް ހުޅުވައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކެއަރ ޓްރަސްޓް ގެ އައު ކްލިނިކް ހުޅުވަން ބޭއްވީ ޚާއްސަ ރަސްމިއްޔާތުގައި ކްލިނިކް ހުޅުވައިދެއްވީ އެތަނުގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އިބްރާހިމް ރަޝީދުގެ އިތުރުން ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސާރވިސަސް ޑރ. އަހްމަދު އަޝްރަފް އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެއިންކްރަސްޓް ޓަވަރު އޭގެ ފުރަތަމަ ފަންގިފިލާގައި ހުޅުވި މި ކްލިނިކަކީ އާ ޚިދުމަތްތަކާއެކު ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ހިމެނޭހެން ގިނަ ބަޔަކަށް ލުއި ފަސޭހަ ވާނެ ގޮތަކަށް ޚިދުމަތް ދެވޭ ގޮތަށް ހުޅުވި ތަނެކެވެ.

ކެއަރ ޓްރަސްޓްގެ އައު ކްލިނިކްގައި 16 ކޮންސަލްޓޭޝަން ރޫމް ހުންނާނެ ކަމަށާއި އެއްފަހަރާ 12 ބަލި މީހުން ބެލޭނެ ކަމަށް ޑރ. އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި އެތަނުގައި ފުލް ޓައިމް 10 ޑޮކްޓަރުން މަސައްކަތް ކުރާނެ ކަމަށާ 20 ވިޒިޓިން ޑޮކްޓަރުން ވެސް މަސައްކަތް ކުރާއިރު ޖުމްލަ 30 ޑޮކްޓަރުންނަށް ބަލި މީހުންބެލޭނެ ގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ޑރ. އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކްލިނިކް ހުޅުވުމަށްފަހު މީޑިއާ ތަކަށް ދެއްވި އިންޓަރވިއު އެއްގައި ޑރ. އިބްރާހިމް ރަޝީދު ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ ދިން ހިތްވަރުން ކުރެވުނު މަސައްކަތެއް ކަމަށެވެ. އައު ތަނެއް ހުޅުވުމުގެ މަސައްކަތް ކުރި އިރު އެންމެ ބޮޑު އިސްކަމެއް ދިނީ މިހާރު ރާއްޖެއިން ހޯދަން އުނދަގޫ އަދި އިތުރު ޚިދުމަތްތައް ވެސް ހިމެނޭހެން ޚިދުމަތްތައް ފުޅާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކޮންމެ ކޮޓަރިއެއްގައި އަލްޓްރާ ސައުންޑް މެޝިން ހުންނާނެ ކަމަށާއި ކޮންމެ މެޝިނަކީ ހައިއެންޑް މެޝިނެއް ކަމަށް ވިދާޅުވި ޑރ. އިބްރާހިމް ރަޝީދު ވިދާޅުވީ އެއް ތަނަކުން ގިނަ ޚިދުމަތް ދެވޭނެ ގޮތަށް ކްލިނިކް ފަރުމާ ކޮށްފައިވާނެ ކަމަށެވެ.

އޭރު ހުޅުމާލޭގަ އެންމެ ފުރަތަމަ ޚިދުމަތް ދޭން އަޅުގަނޑުމެން ފެށީ ތިން ރޫމްގަ. ހަތަރު ޑޮކްޓަރުން ތިބޭނީ. އޭރު އަޅުގަނޑު އަންނަނީ ފެރީގައި ކުޑަ އަލްޓްރާ ސައުންޑް މެޝިން ބްރީފް ކޭހެއްގައި ހިފާލައިގެން. އައިސްފައި ފަށައިގެންފައި ދުވަސްކޮޅެއްނުވެ، ކްލިނުކްގައި އަލްޓްރާސައުންޑް މެޝިނެއް ބޭންދީ. އޭގެ ފަހުން އެތާ ޖެހިގެން ހުރިތަނަށް ބަދަލު ކުރަމުން ގޮސް އަށް ކޮޓަރިއަށް ބަދަލުކުރުމަށް ފަހު އެކްސްރޭ މެޝިނެއް ބެހެއްްޓީ،

ކެއަރ ޓްރަސްޓްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އިބްރާހިމް ރަޝިދު

އަލަށް ހުޅުވާ ޚިދުމަތް ދޭން ފެށި ކްލިނިކް ގައި އޮޕަރޭޝަން ތިއޭޓަރެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ. އަދި ޕްރޮސީޖަރ ރޫމެއްގެ އިތުރުން ފެންވަރު ރަނގަޅު މެޝިންތަކާއެކު ލެބޯޓްރީ އެއް ވެސް ހުންނާނެ ކަމަށް ޑރ. އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. ލެބޯޓްރީ އިން ނުހެދޭ ޓެސްޓެއް ނަމަ ބޭރަށް ފޮނުވާ އައުޓް ސޯސް ކޮށްގެން ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ރަޝީދު ވިދާޅުވީ އައު ކްލިނިކް ހުޅުވާ އިތުރު ޚިދުމަތް ދޭން ފަށާއިރު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ދެމުންފާ ޚިދުމަތުގެ ފެންވަރު މިހާރު ވެސް ލިބޭ ފެންވަރުގައި ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ފެންވަރެއްގައި ލިބެމުންދާނެ ކަމުގެ ޔަގީން ކަން ކަމަށެވެ.

- ކޮމެންޓް