Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 13:31
ފ.ބިލަތްދޫ ކައުންސިލް މެންބަރުންނާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރެއިން - ފައިލް ފޮޓޯ
ފ.ބިލަތްދޫ ކައުންސިލް މެންބަރުންނާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރެއިން - ފައިލް ފޮޓޯ
ރައީސް އޮފީސް
ފ.ބިލެތްދޫ
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
ކުރީ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ، ބައެއް މަޝްރޫއުތައް ނިމި ޚިދުމަތް ވެސް ލިބޭ
ރައީސް ސާލިހުގެ ސަރުކާރު ފިޔަވައި އެހެން ހުރިހާ ސަރުކާރެއް ގައި އެރަށް ވަނީ ވަރަށް ބޮޑަށް ބާކީ ކޮށްފައި
މި ސަރުކާރުގައި ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފައި

ފ.ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު ކަމަށް އެރަށު ކައުންސިލް މެންބަރު އާސިފާ ސުލައިމާން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ފަށާއިރު ޕްރޮގްރާމްގައި ކައުންސިލް މެންބަރު އާސިފާ ވިދާޅުވީ ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި، ވަރަށް ގިނަ މަޝްރޫއުތައް ނިންމައި، މިހާރު ޚިދުމަތް ވެސް ލިބެމުންދާ ކަމަށެވެ.

ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައި ދިންކަން ފާހަގަކުރައްވައި އާސިފާ ވިދާޅުވީ ޒަމާނީ ފެންވަރުގެ އިންޖީނު ގެއެއް އަޅައިދީ ކަރަންޓުގެ ޚިދުމަތް ޔަގީން ކޮށްދިން ކަމަށާއި، ފެނުގެ ޚިދުމަތް ގާއިމް ކޮށްދިން ކަމަށެވެ. ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދީ، މަލްޓިޕަރޕަސް ހޯލެއް އިމާރާތް ކޮށްދިން ކަަމަށެވެ. އަދި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ސިއްހީ މަރުކަޒުގެ އައު އޮފީސް އިމާރާތް ކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރު ފިޔަވައި އެހެން ހުރިހާ ސަރުކާރެއް ގައި އެރަށް ވަރަށް ބޮޑަށް ބާކީކޮށް އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި ބިލަތްދޫއަށް އައި ތަރައްގީގެ އެންމެ ރަން ޒަމާނަކީ ވޭތުވެދިޔަ ފަސް އަހަރު ކަމަށް އާސިފާ ވިދާޅުވި އެވެ.

ހަގީގަތުގައި ބުނަންޏާ ބިލެތްދޫގެ ތަރީހުގައި ވޭތުވެދިޔަ މިދިޔަ ދިގު ޒަމާންތަކުގައި ބިލަތްދޫއަށް އައި ތަރައްގީގެ އެންމެ ރަން ޒަމާނަކީ ވޭތުވެދިޔަ މި ފަސް އަހަރު. އެބޭފުޅުންގެ ބަހުން ނަމަ ކުރީ ސަރުކާރުން އެދިޔަ 5 އަހަރަކީ އެއީ ބިލަތްދޫގެ ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަ ޖެހުން ލިބިގެންދިޔަ 5 އަހަރު. އެގޮތުން ބިލަތްދޫ ތަރައްގީއަށް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވަރަށް ބައިވަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވޭ.

ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން

އާސިފާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި އެރަށަށް ލިބުނު ތަރައްގީ މިއަދު ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި މިއަދު ވެސް ރައްޔިތުން އެދެމުންދަނީ އެފަދަ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

- ކޮމެންޓް