Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 14:33
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ތަރައްގީގެ މަޝްރޫއު
ޓެކްނޮލޮޖީއާއެކު ތަނަވަސްކަން ހޯދުމުގެ ވިސްނުން ރައްޔިތުންގެ އެބަހުރި، ނަމަވެސް މި ސަރުކާރުގެ ނެތް: މެންބަރު އަމީން ފައިސަލް
މަސައްކަތް ކުރުމުގައި މި ސަރުކާރުގެ އެއްވެސް ސްޕީޑެއް ނެތް
މިދިޔަ ދެ އަހަރުގެ ބަޖެޓުން ކަނޑިތީމު ދާއިރާ އަށް އެއްވެސް ކަމެއް ނުކޮށްދޭ
ސަރަހައްދުތައް ތަރައްގީ ކުރާނެ އެއްވެސް ޕްލޭނެއް ނެތި ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި

ޓެކްނޮލޮޖީއާއެކު ތަނަވަސްކަން ހޯދުމުގެ ރަނގަޅު ވިސްނުން ރައްޔިތުންގެ އެބަހުރި ކަމަށާއި، ނަމަވެސް މި ސަރުކާރުގައި އެ ވިސްނުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު އަމީން ފައިސަލް ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ވަރަށް ރަނގަޅު ކަމަށާއި، ހަރަދު ކުޑަކޮށް ޓެކްނޮލޮޖީއާ އެކު ތަނަވަސްކަން ހޯދައި ކުރިއަށް ދާން ރައްޔިތުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެފަދަ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށް މެންބަރު އަމީން ފައިސަލް ވިދާޅުވި އެވެ.

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ދެއްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ އެ ދާއިރާގައި މުޅި އުމުރަށް ކަރަންޓު ބޭނުން ކުރި ނަމަވެސް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް އިންވެސްޓް ކޮށްފައިވާ ކަމަށާއި، ނަމަވެސް ސޯލަރ ބޭނުން ކުރުމުގެ ހުއްދަ ފެނާކައިން ދީފައިނުވާ ކަމަށާއި، އެހެންކަމުން އެމުދާތައް ގޭގޭ ގައި ގުދަން ކޮށްފައިވާ ކަަމަށެވެ.

މަސައްކަތް ކުރުމުގައި މި ސަރުކާރުގެ އެއްވެސް ސްޕީޑެއް ނެތްކަން ފާހަގަކުރައްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ ހުރިހާ ޚިދުމަތެއް ދަނީ ފަހަތަށް ކަމަށެވެ. މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރުމުގެ ވިސްނުން ރައްޔިތުންގެ އެބަހުރި. ސަރުކާރުތަކުގެ ނެތީ. ރައްޔިތުން ތަނަވަސްކަން ހޯދަން އެކިއެކި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެލިބޭ އާމްދަނީ ސޭވް ކޮށްގެން އިތުރަށް އެބޭފުޅުންގެ ދިރިއުޅުން ކުރިއަށް ގެންދާނެ ތަނަވަސް ކުރާނެ އެ ވިސްނުން ރައްޔިތުންގެ އެބަހުރި. ސަރުކާރުތަކުން ރައްޔިތުން އެބޭނުންވާ ވަރަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސްޕީޑެއް ނެތް. އަޅުގަނޑުގެ ދައިރާގެ ރައްޔިތުންގެ ވިސްނުމާ އެއްވަރަށް މި ސަރުކާރުގެ ނެތް ސްޕީޑެއް.

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މީގެ އިތުރުން މެމްބަރު އަމީން ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދަރަނި ވެސް ދައްކައި، ދިވެހިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދޭނެ ކަމުގެ ވައުދުފުޅާ އެކު ކަމަށެވެ. ނަމަވެސް ސަރަހައްދުތައް ތަރައްގީ ކުރާނެ އެއްވެސް ޕްލޭނެއް ނެތި ރައްޔިތުންގެ އިތުބާރު އެކީގައި ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އަމީން ފައިސަލް ވަނީ މިދިޔަ ދެ އަހަރުގެ ބަޖެޓުން އޭނާގެ ދާއިރާ އަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށާއި، ކުރީ ސަރުކާރުގައި ފަށައި، ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ މަޝްރޫއުތައް ވެސް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ގޮއިދޫ ސްކޫލުގައި އަށް ކްލާސްރޫމް އެޅުމުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، ނޫމަރާގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ ކަމަށާއި، ބަނދަރުގެ މަޝްރޫއު އަދި އިންޖީނު ގޭގެ 80 އިންސައްތަ ނިމުނު ނަމަވެސް މި ސަރުކާރާ އެކު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މެމްބަރު އަމީން ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލެއްފަހީގެ ބަނދަރުގެ މަޝްރޫއު، ސްކޫލުގައި އައު ކްލާސް ރޫމްތަކާއި، ހޯލުގެ މަސައްކަތް، ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ކޮމަންޑޫ ސްކޫލުގައި އަޅަން ފެށި ކްލާސްރޫމުތަކާއި ހޯލުގެ މަސައްކަތް އަދި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، އިންޖީނުގޭގެ ނުނިމި ހުރި ފިނިޝިންގ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ.

- ކޮމެންޓް