Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 15:12
ފަނޑިޔާރު މުހައްމަދު ނިޔާޒު
ފަނޑިޔާރު މުހައްމަދު ނިޔާޒު
ސޯޝަލް މީޑިއާ
ފަނޑިިޔާރު މުހައްމަދު ނިޔާޒު
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް
ނިޔާޒުގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ޖޭއެސްސީގައި ހިނގަމުން ދަނިކޮށް އޭނާ ރިޓަޔާކުރައްވަން ހުށަހެޅުއްވި

ހައި ކޯޓުގެ އެންމެ ގިނަ ދުވަސް ވީ ފަނޑިިޔާރު މުހައްމަދު ނިޔާޒު 23 އަހަރަށް ފަހު ރިޓަޔަރ ކުރައްވަން ނިންމަވައިފި އެވެ.

ނިޔާޒު ފަނޑިޔާރު ކަމުން ރިޓަޔަރ ކުރައްވަން ނިންމާފައި މިވަނީ 23 އަހަރު ޝަރުއީ ދާއިރާ އަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް ނިޔާޒުގެ ރިޓަޔަރމަންޓް ކޮމިޝަނުން ގަބޫލުކުރުމާއި މެދު ގޮތެއް ނިންމުމަށް ތާވަލު ކުރި އެވެ. ނަމަވެސް ނިޔާޒުގެ ރިޓަޔާމަންޓް ގަބޫލުކުރަން އެ ކޮމިޝަނުން ނިންމި ކަމެއް ހާމަ ކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފަނޑިޔާރު ކަމުން ރިޓަޔަރ ވުމަށް ނިޔާޒު ހުށަހެޅުއްވީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ވެސް ޖޭއެސްސީގައި ހިނގަމުން ދަނިކޮށެވެ. އޭގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް މިދިޔަ 21 އޮގަސްޓްގައި އޭނާ ވަނީ ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

- ކޮމެންޓް