Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 16:18
ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވާސަން އަގަބެކިއަން ޝާހިން
ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވާސަން އަގަބެކިއަން ޝާހިން
ރޮއިޓަރސް
ފަލަސްތީނު
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
އެމެރިކާގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން ޣައްޒާގައި މަލްޓިނޭޝަނަލް ސެކިއުރިޓީ ފޯސް އެއް ބޭތިއްބުމާއި، ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ބައިނަލްއަގުވާމީ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ފާސްކޮށްފައި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޕެލޭނަށް ތާއީދުކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ ސުލްހައިގެ މަގަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން ޣައްޒާގައި މަލްޓިނޭޝަނަލް ސެކިއުރިޓީ ފޯސް އެއް ބޭތިއްބުމާއި، ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ބައިނަލްއަގުވާމީ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

"އދ.ގެ ގަރާރަކީ ސުލްހައިގެ ދިގު މަގަށް އެޅޭ ފުރަތަމަ ފިޔަވަޅު. އެ ފިޔަވަޅު އަޅަން ޖެހުނީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭތީ،" ފިލިޕީންސަށް ކުރެއްވި ދަތުރުފުޅެއްގައި މެނީލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޝާހިން ވިދާޅުވި އެވެ.

ޝާހިން ވިދާޅުވީ ފަލަސްތީނުގެ އަމިއްލަ އިޚްތިޔާރު ހޯދުމާއި، ފަލަސްތީނުގެ މިނިވަންކަން ފަދަ ކަންކަން ހައްލު ކުރަން ޖެހޭ ކަމަށާއި ޓްރަމްޕްގެ ޕްލޭން ތަންފީޒު ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ރާމަﷲ ގައި ހުންނަ ފަލަސްތީނު އޮތޯރިޓީން ވަނީ ޓްރަމްޕްގެ ޕްލޭންގައި ބައިވެރިވާން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި، ފަލަސްޠީނުގެ މިނިވަންކަމަށް މަގު ފަހިވާން ޖެހޭނެ ކަމަށް ޔޫރަޕާއި އަރަބި ޤައުމުތަކުން ވަނީ ބުނެފަ އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ވިސްނުމާ ދެކޮޅު ހަދާ އިޒްރޭލު ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ދެކޮޅު ހަދާ ކަމަށް ބުނެފައެވެ.

ޓްރަމްޕްގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ދެ ފަރާތުން ވެސް ވަނީ ސުލްހައިގެ އެއްބަސްވުމާ ހިލާފުވި ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފަ އެވެ.

- ކޮމެންޓް