Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 22:25
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ޕީއެންސީ
ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!
ޒުވާނުންނަށް ދޭ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި އެކިއެކި މަރުކަޒުތައް އަޅަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި ޒުވާނުންނަށް ވަރަށް ހާއްސަ މުހިންމު މަރުކަޒެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި
މުލިއާގޭގެ ބޭނުމަކަށް ހުރި ކުރީގެ ގަރާޖު މުލިއާގެއިން ނަގާ ޒުވާނުންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވި

އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާވެސް ޖެއްސޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ދޭ ފުރުޞަތުތައް އެތައް ގުނައަކުން އިތުރުކުރުމަށްޓަކައި އެކިއެކި މަރުކަޒުތައް އަޅަމުންދާ ކަމަށާއި އެގޮތުން މި ހަފްތާ ތެރޭގައި ޒުވާނުންނަށް ވަރަށް ހާއްސަ ވަރަށް މުހިންމު މަރުކަޒެއް ހުޅުވިގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަރުކަޒަކީ ކުރީގައި މުލިއާގޭގެ ބޭނުމަކަށް ހުރި ގަރާޖެއް ކަމަށާއި އެހެން ނަމަވެސް މުލިއާގޭގެ ބޭނުމަކަށް އެތަން ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މުލިއާގެއިން އެތަން ނަގާ ޒުވާނުންނަށް ދޭނީ ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ މަރުކަޒު އެ ތަނުގައި ވަރަށް އަވަހަށް ހުޅުވޭނެ، މި ހަފްތާގެ ތެރޭގައި ހުޅުވޭނެ. އެ ތާ ހުންނާނެ ޒުވާނުންނަށް ބޭނުންތެރި އެކި ކަހަލަ ހުނަރުތައް ދަސްކޮށްދެވޭނެ ގޮތްތަކާއި، ކައުންސިލިން އާއި، މުނިފޫހިފިލުވާލާނެ ކަރޯކޭ އާއި ޒުމްބާ ކަހަލަ ކަންކަން ކުރެވޭނެ.

ރައީސް މުޢިއްޒު

ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، ޒުވާނުންގެ ތާޑު ސްޕޭސްގެ ގޮތުގައި އަންނަނީ ތަރައްގީ ކުރަމުންނެވެ.

ރޭ ސޯޝަލް ސެންޓަރުގައި ހުންނަވައި މުއިއްޒު ވިދާޅުވީ އެ ތަނުގައި ކަންކަން ކުރަން ވާނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ކަމަށެވެ.

- ކޮމެންޓް