Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 18:20
އިސްލާމްއާބާދު ގެ ކޯޓު އިމާރާތެއްގެ ބޭރުގައި ބޮން ގޮއްވާލި ތަނުގައި ފޮރެންސިކް ޓީމެއް ހަރަކާތްތެރި ވަނީ
އިސްލާމްއާބާދު ގެ ކޯޓު އިމާރާތެއްގެ ބޭރުގައި ބޮން ގޮއްވާލި ތަނުގައި ފޮރެންސިކް ޓީމެއް ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ޕާކިސްތާން-އިންޑިއާ
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
އަންގާރަ ދުވަހު މެންދުރު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ ގައި މަދުވެގެން 12 މީހުން ވަނީ މަރުވެފައި.

އިސްލާމްއާބާދު ގައި އަންގާރަ ދުވަހު ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިސްލާމްއާބާދުގައި ހިނގި ހަމަލާ އާ ގުޅިގެން ވަނީ އިންޑިއާ ކުށްވެރިކުރައްވާފަ އެވެ.

ޝަރީފް ވަނީ އިސްލާމްއާބާދުގައި ހިނގި "ޖާނުން ފިދާވުމުގެ ހަމަލާ" އަދި އަންގާރަ ދުވަހުގެ ކުރީކޮޅު އަފްޣާނިސްތާނާ އިންވެގެންވާ ސަރަހައްދުގައި ހުންނަ ކެޑެޓް ކޮލެޖަކަށް ދިން ހަމަލާ ގެ ޒިންމާ އިންޑިއާގެ ބޮލުގައި އަޅުވާފަ އެވެ.

އެއްވެސް ހެތްކެއް ދެއްކެވުމެއް ނެތި ޝަރީފް ވިދާޅުވީ: "މި ދެ ހަމަލާ އަކީ މި ސަރަހައްދުގައި އިންޑިއާގެ ދައުލަތުން ހިންގާ ޓެރަރިޒަމްގެ އެންމެ ނުބައި މިސާލެވެ."

"މިއީ ދުނިޔޭގެ ޤައުމުތަކުން އިންޑިއާގެ މިފަދަ ނުބައި ރޭވުންތައް ކުށްވެރިކުރަންޖެހޭ ވަގުތެވެ،" ސަރުކާރުގެ އެކްސް (ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވެއެވެ.

"ޓެރަރިޒަމްގެ ނުރައްކާތެރި ބަލި މުޅިން ނައްތާލުމަށް ހަމައަށް އަހަރެމެން އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާނަމެވެ." އެ ޕޯސްޓް ގައި އިތުރަށް ވެއެވެ.

އަންގާރަ ދުވަހު މެންދުރު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ ގައި މަދުވެގެން 12 މީހުން ވަނީ މަރުވެފައެވެ.

- ކޮމެންޓް