ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލާ އެތައް ބަޔަކު ޒަހަމްވި ކަމަށް އެ ގައުމުގެ ފުލުހުންގެ އިސް އޮފިޝަލަކު ބުނެފި އެވެ.
އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.
ޖަކާޓާގެ ފުލުހުންގެ ވެރިޔާ އާސިފް އެދީ ސުހޭރީ ވިދާޅުވީ، އެ ސިޓީގައި ހުރި ހައިސްކޫލެއްގެ "ކައިރީގައި" ގޮއްވުމުގެ ހާދިސާ އެއް ހިނގި ކަމަށެވެ.
ފުލުހުންގެ ވެރިޔާ އެ ގައުމުގެ މީޑިއާ ގައި ވިދާޅުުވީ، ގާތްގަނޑަކަށް 54 މީހުންނަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ގެ ވެރިޔާ ވިދާޅުވި އެވެ.