އިންޑިއާގެ ވެރިރަށް ދިއްލީ ގައި ހޯމަ ދުވަހުގެ ހަވީރު ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި އެވެ.
ދިއްލީގެ އާބާދީ ބޮޑު ސަރަހައްދަކަށް ވުމުގެ އިތުރުން ތާރީހީ ރެޑް ފޯޓް ކައިރީގައި ހިނގި މި ހާދިސާ ގައި މަދުވެގެން 8 މީހުން މަރުވެފައި ކަމަށް ސިޓީ ފުލުހުންގެ ތަރުޖަމާނަކު ވަނީ ހާމަ ކޮށްފަ އެވެ.
މި ހާދިސާ ގައި ގޮއްވާލި ކާރުގެ ވެރިފަރާތް ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ގެ ބްރޯޑްކާސްޓަރު އެންޑީޓީވީން ވަނީ ރިޕޯޓު ކޮށްފަ އެވެ.
އިންޑިއާ ގައި ލާލް ގިލާ ގެ ނަމުން މަޝްހޫރު ރެޑް ފޯޓަކީ، ފާރިސީ އަދި އިންޑިއާ ގެ ފަރުމާވެރިކަމުގެ ސްޓައިލްތައް ހިމަނައިގެން 17 ވަނަ ގަރުނުގައި މުޣުލް ޒަމާނުގައި ބިނާ ކޮށްފައިވާ މަގްބޫލު ތަނެކެވެ. އެއީ، އަހަރުތެރޭގައި ހުރިހާ ދުވަހެއްގައި ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ތަނެކެވެ.
ފުލުހުން ބުނާގޮތުގައި ހާދިސާ ގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން 6 ހަށިގަނޑެއް ދެނެގަނެފައިވާ ކަމަށް އޮފިޝަލަކު ވަނީ ހާމަ ކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ހަ ހަށިގަނޑެއް ދެނެގަނެފައިވާ އިރު، ފަސް ހަށިގަނޑެއްގެ ޕޯސްޓްމޯޓަމް ވެސް ވަނީ ފުރިހަމަ ކޮށްފަ،" އޮފިޝަލް ރާޖާ ބަންތިއާ އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ. "ޒަހަމްވި މީހުންނަށް ފަރުވާދެމުން އެބަދެއެވެ"
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ދިއްލީގައި ހިނގި ހާދިސާ ތަހުގީގު އެންމެ މަތީ ލެވެލް ގައި ކުރިއަށް ގެންދާ ކަމަށެވެ.
ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ މަތީ ފެންވަރުގެ ސަލާމަތީ ރިވިއު ބައްދަލުވުމެއް ރިޔާސަތު ބަލަހައްޓަވާފަ އެވެ.
🇮🇳 #India: A massive explosion was reported outside the Red Fort in Delhi, with multiple vehicles destroyed near a metro station. Several casualties were reported and authorities have placed the capital on high alert amid suspicions of a planned militant attack.
— POPULAR FRONT (@PopularFront_) November 10, 2025
This comes just… pic.twitter.com/QlHm7gADFz