Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 14:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއާ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލްޝަރާއާ އެވެ.
ޓްރުތް ސޯޝަލް
އައިސިސް ނައްތާލުން
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ
ޓްރަމްޕް އާއި ސީރިއާގެ ރައީސް އަލް-ޝަރާ ގެ ތާރީހީ ބައްދަލުކުރުމަކަށްފަހު، ސީރިއާ އައިސިސްއާ ދެކޮޅަށް ބައިނަލްއަގުވާމީ އިއްތިހާދުގެ 90 ވަނަ މެމްބަރު ގައުމަށް ވަނީ ވެފަ އެވެ. ޓްރަމްޕް ވިދާޅުވީ ސީރިއާއަކީ އޭނާގެ މެދުއިރުމަތީގެ ފުޅާ ސުލްހައިގެ ޕްލޭނުގެ "ބޮޑު ބައެއް" ކަމަށެވެ.

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާއި ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވާން ނިންމާފައިވާ ކަމަށް ރިޕޯޓް ކޮށްފި އެވެ.

ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާ އާއެކު ވައިޓް ހައުސްގައި ބޭއްވި ތާރީހީ ބައްދަލުކުރުމަކަށްފަހު ސީރިއާ އިން އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ބައިވެރިވަމުން އަންނަކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި އަހަރުގެ ފަހުކޮޅު ދިގު މުއްދަތަކަށް ވެރިކަން ކުރި ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރި ޝަރާ އަކީ 1946 ވަނަ އަހަރު ސިރީއާ މިނިވަންވުމަށްފަހު ވައިޓް ހައުސްއަށް ޒިޔާރަތްކުރި ފުރަތަމަ ސީރިއާގެ ލީޑަރެވެ.

އޯވަލް އޮފީހަށް ކުރި މި ތާރީހީ ޒިޔާރަތް އައީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ލިސްޓުން ޝަރާގެ ނެގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެމެރިކާއިން ކުރިން ބުނަމުން އައީ ޝަރާގެ ގުރޫޕް، ހަޔާތު ތަހްރީރު އަލް-ޝާމް (އެޗްޓީއެސް)، ކުރިން އަލް-ގައިދާއާ ގުޅުން އޮތް ކަމަށެވެ.

ޝަރާގެ މި ޒިޔާރަތުގެ ތެރޭގައި، ސީރިއާ އިން އިއުލާންކުރީ އައިސިސް ބަލިކުރުމަށް ބައިނަލްއަގުވާމީ އިއްތިހާދުގައި ބައިވެރިވާނެ ކަމަށެވެ. އަދި އިއްތިހާދުގެ 90 ވަނަ މެމްބަރުކަމަށް ވުމާއެކު އައިސިސްގެ ބާކީ ބައިތައް ނައްތާލުމަށާއި ބޭރުގެ ހަނގުރާމަވެރިންގެ ދަތުރުތައް ހުއްޓުވުމަށް އެމެރިކާއާ ބައިވެރިވާކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އޮފިޝަލު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސަލާމަތާއި، އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެމެރިކާއާއެކު ސިޔާސީ ގުޅުން އަލުން ފެށުމުގެ ހުއްދަ ސީރިއާއަށް ދެވޭނެ އެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަހު ދެމިގެންދިޔަ ދާހިލީ ހަނގުރާމައަކަށްފަހު ސީރިއާ "ވަރަށް ކާމިޔާބު" ގައުމަކަށް ވުން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެ، ޝަރާ އަށް އެކަން ކުރެވޭނެކަމަށް، ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ ޝަރާ އަކީ ވަރަށް ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި އޭނާ އައީ ވަރަށް އުނދަގޫ ތަނަކުން ކަމަށާއި، އޭނާ އަކީ ވަރަށް ވަރުގަދަ މީހެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ސީރިއާ އަކީ އޭނާގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނުގެ "ބޮޑު ބައެއް" ކަމަށާ، ހަމަޖެހުން އޮތް އަމާން އަދި ކާމިޔާބު ސީރިއާއެއް އޮތުމަކީ ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ވަރަށް މުހިއްމު ކަމެއް ކަމަށް ބައްދަލުކުރުމަށްފަހު ޓްރަމްޕުގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވެފައިވެ އެވެ.

ސީރިއާގެ ރައީސް ޝަރާ އެމެރިކާއަށް ޒިޔާރާތް ކުރި އިރު އޭނާ ހޯދައިގެން ގެންނަ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް އެއް ދުވަސްވަރެއްގައި އެމެރިކާއިން ހުށަހަޅާފައި އޮތް ފަރާތެކެވެ.

ސީރިއާ ގެ ރައީސް އެމެރިކާ އަށް ދަތުރު މި ކުރައްވަނީ އެމެރިކާ އިން ސީރިއާ ގައި އަސްކަރީ ބޭސް އެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅެމުންދާ ދަނޑިވަޅެއް ގައެވެ. އެމެރިކާ އިން ދިމިޝްގު ކައިރީގައި އަސްކަރީ ބޭސް އެއް ގާއިމުކުރުމަށް ރާވަނީ "އިންސާނީ އެހީތެރިކަން ވިލަރެސް ކުރުމަށާއި ސީރިއާ އާއި އިޒްރޭލާ ދެމެދު ހިނގާ ކަންކަން ބަލައި މޮނިޓަރ ކުރުމަށް" ކަމަށް ސީރިއާގައި ހުރި ޑިޕްލޮމެޓިކް މަސްދަރަކުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވެއެވެ.

ހުކުރު ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން އަލް-ޝަރާ ޓެރަރިސްޓުންގެ ކަޅު ލިސްޓުން އުނިކުރުމަށް ނިންމި ނިންމުން ގިނަ ގައުމުތަކަކުން ބަލައިގަނެފައިވާ ކަމަށް މީޑިއާ ރިޕޯޓު ތައް ބުނެފައި ވެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވީ އަލް-ޝަރާ ގެ ސަރުކާރުން އެމެރިކާގެ ޑިމާންޑުތައް ފުއްދަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގެއްލިފައިވާ އެމެރިކާ ރައްޔިތުން ހޯދުމުގެ މަސައްކަތް ކުރުމާއި ބާކީ ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުން ހިމެނޭ ކަމަށެވެ.

އަލް-ޝަރާ ވޮޝިންޓަން ޑީސީ އަށް ރަސްމީ ދަތުރެއް ކުރެއްވި އިރު ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް އޭނާ ވަނީ އެމެރިކާ އަށް ވަޑައިގަނެފައެވެ.

- ކޮމެންޓް