ދިރާގުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި އެވެ.
މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ހާއްސަ ޗެނަލްތައް ފަސޭހަކަމާއިއެކު ބަލައިލެވޭނެ އެވެ.
މި ގޮތުން، މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމުގައިވާ ޕްރިމިއަރ ލީގް، ޔޫ.އީ.އެފް.އޭ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލައިލެވޭނެ އެވެ. މީގެ އިތުރުން، ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހި ވެގެންދާނެ އެވެ.
މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް 450 ރުފިޔާއަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓްކުރެވޭނެ އެވެ. އަދި ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއިއެކު ފައިސާ ދެއްކޭއިރު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ. މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހިދުމަތެވެ. އަދި، މި ޕެކޭޖް އެކްޓިވޭޓްކޮށްގެން 31 މޭ 2026ގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.
ދިރާގުން ދަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.