Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 23:19
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރޯޑް ރޭސް ކުރިއަށް ގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލަރ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެCO₂ ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފަ އެވެ.

ދިރާގުން ސަސްޓެއިނަބިލިޓީއަށް ދޭ އިސްކަމުގެ ދަށުން، މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފި އެވެ.

މި ގޮތުން، ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލަރ ސިސްޓަމް މެދުވެރިކޮށް ވަނީ %100 އޮފް-ސެޓްކޮށްފަ އެވެ.

މި އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލަރ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެCO₂ ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފަ އެވެ.

މިއީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެކެވެ. އަދި މިއީ، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މި ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެކެވެ.

މި ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލަރ ޕެނަލްތައް މި ހަރަކާތަށްފަހު ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށްގެންދާ ސޯލަރ ޕްރޮޖެކްޓްތަކުގަ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލަރ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. މި ކަމުގެ ސަބަބުން އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19% އަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި މީގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެCO₂ ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެ އެވެ.

މީގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019 ވަނަ އަހަރުން ފެށިގެން ޑީ.އެމް.އާރް.އާރްގައި ދުވުންތެރިންނަށް ހާއްސަ ވޯޓަރ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ވަނީ ފޯރުކޮށްދީފަ އެވެ. މި އިސްނެގުމުގެ ދަށުން، މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވިފަ އެވެ.

ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

- ކޮމެންޓް