ސ. ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީ ވެހިކަލް އަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި ފަރާތަކުން ބުނީ، މި އެކްސިޑެންޓް ހިނގީ ބުދަ ދުވަހުގެ މެންދުރުފަހު ވަގުތެއްގައި ކަމަށާއި، އަނިޔާވީ ދެމަފިރި އަކަށް ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ ވެހިކަލް އާއި އެ ދެ މަފިރިން ތިބި ކާރުގައި ޖެހިގެންނެވެ. ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އަންހެން މީހާއަށް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހުޅުދޫގެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެކްސްރޭ ނުނެގޭތީވެ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށެވެ. އަދި ފިރިހެން މީހާއަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެނގިފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ހުޅުދޫ ސިއްހީ މަރުކަޒުން އެކްސްރޭ ނުނެގޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
މި އެކްސިޑެންޓްގެ ސަބަބުން ސެކިއުރިޓީ ވެހިކަލްގެ އިތުރުން އިތުރު ކާރަކަށް ވެސް ގެއްލުން ވެފައިވާ ކަަމަށް މައުލޫމާތު ލިބެ އެވެ.