ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 10:50
ދިރާގު 'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ
ދިރާގު 'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ
ދިރާގު
ދިރާގު
ދިރާގު 'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕޯސްޓްޕެއިޑް 450 އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށްގެން ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ވަނީ ލިބިގެންގޮސްފައެވެ.

ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން އަ ޑްރީމް ހޮލިޑޭ' ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްވިޒަރލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގހައި ޑިޒްނީލޭންޑަށް އައިލާއާއެކު (2 މީހުންނާއި 2 ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފައެވެ.

މި ގޮތުން، މި އަގުހުރި އިނާމުތަކުގެ ނަސީބުވެރިންނަކީ

  • ސްވިޒަރލޭންޑް ދަތުރު – ޝަމްރޫހް ޝަރީފް
  • ޝަންގހައި ޑިޒްނީލޭންޑް ދަތުރު – އަހްމަދު ޝިހާމް
  • މެލޭޝިއާ ދަތުރު – ހުސައިން ފަޒީލް

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕޯސްޓްޕެއިޑް 450 އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށްގެން ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ވަނީ ލިބިގެންގޮސްފައެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަރ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

- ކޮމެންޓް