Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 23:31
ހޯރަފުށީ ތަރައްގީގެ ބާނީ ރައީސް ސާލިޙަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އެއް އަރުވައިފި - 30-10-2025
ހޯރަފުށީ ތަރައްގީގެ ބާނީ ރައީސް ސާލިޙަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އެއް އަރުވައިފި - 30-10-2025
ރާއްޖެއެމްވީ
ޚާއްސަ ޚިދުމަތުގެ އައްޑަނަ
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
ހޯރަފުށީގެ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޞާލިހް އަކީ ހޯރަފުށީގެ ތަރައްގީގެ ހަގީގީ ބާނީ
ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހިންގަވާފަ

ހއ. ހޯރަފުށީ ތަރައްޤީގެ ބާނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި އެވެ.

އެމަނިކުފާނަށް މިއައްޑަނަ އަރުވާފައިވަނީ ހޯރަފުށީ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވި، "ހޯރަފުށީ ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާގަ އެވެ. އެމަނިކުފާނަށް މި އެވޯޑް ހަވާލުކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޯރަފުށީ ބަނދަރު ސަރަހައްދު ގައި ބޭއްވި މި ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ވެސް ރައީސް ސާލިޙް އެވެ.

ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ، ރައީސް ސާލިޙަށް، ޚާއްޞަ ޚިދުމަތުގެ އައްޑަނަ އަރުވާފައިވަނީ، އެމަނިކުފާނުގެ ސަރުކާރުން ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އަމާޒު ކުރެއްވި، ނުހަނު ގިނަ މަޝްރޫޢުތަކުން ތަރައްޤީގެ ނޫރާނީ، ރަންޒަމާނެއް ހޯރަފުށްޓަށް ގެނެސްދެއްވި ތަރައްޤީގެ ޙަޤީޤީ ބާނީ އަކީ ރައީސް ސާލިޙް ކަމަށެވެ.

ހޯރަފުށީގެ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޞާލިހް އަކީ ހޯރަފުށީގެ ތަރައްގީގެ ހަގީގީ ބާނީ އެވެ. ރައީސް ޞާލިހްގެ ވެރިކަމުގައި ހޯރަފުއްޓަށް ވަނީ އެރަށުގެ ތާރީހު ބަދަލުކޮށްލާވަރުގެ ތަރައްގީ ގެނެސްދެއްވާފަ އެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ ހޯރަފުށީ އެއަރޕޯޓެވެ. އެއަރޕޯޓުގެ ސަބަބުން ރަށުގެ އިގްތިސާދީ ހަރަކާތްތައް ފުޅާވެ، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އާ ފުރުސަތުތައް ވަނީ ހުޅުވިފަ އެވެ.

މީގެ އިތުރުން ހޯރަފުށީގެ މަލަމަތިން ފެންނަ ބަނދަރު މަގުގެ އިތުރުން ޖުމްލަ 11 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާފައިވެ އެވެ. އަދި ހޯރަފުށީގައި ވަނީ އައިސް ޕްލާންޓާއި، ޖުވެނައިލް ޖަސްޓިސް ބިލްޑިންއާ، ވޮލީ ކޯޓާއި، ފުޓު ބޯޅަދަނޑެއްގެ އިތުރުން، ކޯޓުގެ އާ އިމާރާތަކާއި، ޕްރީ ސްކޫލަކާއި، 3 ޕާކު އަދި ފެރީ ޓާމިނަލް އެއް އިމާރާތް ކުރައްވާފަ އެވެ.

އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ހޯރަފުށީގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް، ފެނަކަ އޮފީސް އަދި ހޯރަފުށީގައި ގާއިމް ކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެ އެވެ.

ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހިންގަވާފަ އެވެ. އެގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވަނީ އަރުވާފަ އެވެ.

ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ އާބާދީގެ ކުޑަބޮޑު މިނަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މިނޫން ވެސް ރަށްރަށް ބޭނުންވާ ޙިދުމަތްތައް މަގުފަހިކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު ގިނަ މަޝްރޫތަކެއް ހުއްޓިފައިވުމާއި އެކު ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.

- ކޮމެންޓް