Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 13:51
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ
ގެޓީއިމޭޖަސް
ޔޫކްރެއިން ހަނގުރާމަ
ހަމާސް އަށް ވުރެ ޕުޓިން ބާރު ގަދަ، ޓްރަމްޕް އިތުރަށް ޕްރެޝަރު ކުރަން ޖެހޭ: ޒެލެންސްކީ
މީޓް ދަ ޕްރެސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ފަދައިން، ރަޝިޔާގެ ރައީސް ޕުޓިންއާ ދެކޮޅަށް ވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ޔުކްރެއިންގެ ހަނގުރާމަ އަކީ މާ ބޮޑު ހަނގުރާމައެއް ކަމަށާއި، ރަޝިޔާ އަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އަދި ވަރުގަދަ އަސްކަރިއްޔާ އޮތް ޤައުމު ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަކީ ހަމާސް ޖަމާއަތަށް ވުރެ ބާރު ގަދަ މީހެއް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ފިޔަވަޅުތަކާ އެކު ޕްރެޝަރު ކުރަން ޖެހޭ ކަމަށް ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އެންބީސީ އިން އާދީއްތަ ދުވަހު ދެއްވި އިންޓަވިޔުގައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް ވުރެ ޕުޓިން ވަރުގަދަ ކަމަށެވެ. އެހެންކަމުން އެމެރިކާ އިން ޕުޓިންއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމާ އެކު، ޓްރަމްްޕް އިތުރަށް ޕްރެޝަރު ކުރުމަށް ވެސް ޒެލެންސްކީ ވަނީ ގޮވާލައްވައިފަ އެވެ.

މީޓް ދަ ޕްރެސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ފަދައިން، ރަޝިޔާގެ ރައީސް ޕުޓިންއާ ދެކޮޅަށް ވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ޔުކްރެއިންގެ ހަނގުރާމަ އަކީ މާ ބޮޑު ހަނގުރާމައެއް ކަމަށާއި، ރަޝިޔާ އަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އަދި ވަރުގަދަ އަސްކަރިއްޔާ އޮތް ޤައުމު ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

މި އިންޓަވިޔު ދައްކާފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް ޒެލެންސްކީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގެ ފަހުންނެވެ. އެ ދަތުރުފުޅުގައި ޒެލެންސްކީ ވަނީ އެމެރިކާ މެދުވެރިކޮށް ޔުކްރެއިން އަށް ޓޮމަހޯކް މިސައިލް ހޯއްދެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެހެން ނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ވަނީ ބުނެފަ އެވެ.

އެމެރިކާ މެދުވެރިކޮށް އެ ހަތިޔާރު ހޯއްދެއްވުމަށް ޒެލެންސްކީ މަސައްކަތް ކުރައްވާފައި ވަނީ، އެމެރިކާގެ އެލަސްކާގައި ޕުޓިންއާ އެކު ޓްރަމްޕް ކުރިއަށް ގެންދިޔަ ސަމިޓުގައި ހަނގުރާމަ ހުއްޓުމަކަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވީ ދަނޑިވަޅުގަ އެވެ. އަދި އެކަމާ ގުޅިގެން ޓްރަމްޕްގެ ނުރުހުން ރަޝިޔާ އާއި ޕުޓިން އަށް ވެސް އަމާޒުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ޒެލެންސްކީ ވިދާޅުވެފައި ވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި އޮންނަ ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓުގައި އޭނާ ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ސުލްހަ އަދި ހައްގު ހޯދަން ބޭނުންވާ ނަމަ، މިހާރު ކުރިއަށްދާ ހިތާމަވެރި ކަންކަމުގައި ދެ ފަރާތް ވެސް އެއްގޮތް ވާން ޖެހޭނެ ކަމަށެވެ.

ޒެލެންސްކީގެ މި އިންޓަވިޔު އަށް ފަހު ވަނީ، ޓްރަމްޕްގެ އިންޓަވިޔުއެއް ވެސް ދައްކައިފަ އެވެ. އެ އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އަދި ވެސް އޭނާ ހުންނެވީ ޔުކްރެއިން އަށް ހަތިޔާރު ފޮނުވުމަށް ތައްޔާރަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހަތިޔާރު، އެމެރިކާ އަށް ވެސް ބޭނުންވާނެކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

މިފަހަކަށް އައިސް ރަޝިޔާ އިން ވަނީ ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތަކާއި، އާންމު ރައްޔިތުން އަދި ރައްޔިތުންގެ ވަސީލަތް ތަކަށް ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް