Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 11:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގެޓީއިމޭޖަސް
އެމެރިކާ-ކޮލަމްބިއާ
ކޮލަމްބިއާގެ ރައީސް އަކީ ޑްރަގް ޑީލަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވަނީ، ޓްރަމްޕްގެ ލަފާދޭ ފަރާތްތަކުން އޭނާ އަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ޕެޓްރޯ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ އަރިސް ބޭފުޅުން ދަނީ "އޭނާ މަގު ފުރައްދަމުން" ކަމަށެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަކީ މަސްތުވާ ތެކެތީގެ ވެރިއެއް، ނުވަތަ ޑްރަގް ޑީލަރެއް ކަމަށް ވިދާޅުވެ، އެ ޤައުމަށް އެހީ ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކޮލަމްބިއާގައި މަސްތުވާ ތަކެތި އުފައްދަނީ އެމެރިކާ އަށް ވިއްކުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގައި މަރާއި، ހަލާކު އިތުރު ވަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވަނީ، ޓްރަމްޕްގެ ލަފާދޭ ފަރާތްތަކުން އޭނާ އަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ޕެޓްރޯ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ އަރިސް ބޭފުޅުން ދަނީ "އޭނާ މަގު ފުރައްދަމުން" ކަމަށެވެ.

މިދިޔަ އަހަރު ޕެޓްރޯ ވަނީ ކޮލަމްބިއާގައި ކޯކާ ދަނޑުވެރިކަން ކުރާ ސަރަހަައްދުތައް ހުއްޓުވުމަށް އިޖުތިމާއި އަަދި އަސްކަރީ ގޮތުން ވެސް މަސައްކަތް ކުރާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް، އެ މަސައްކަތުގައި މިހާތަނަށް މާ ބޮޑު ކާމިޔާބެއް ހޯދިފައި ނުވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ޓްރަމްޕް ވަނީ އަފްޣާނިސްތާން، ބޮލީވިއާ، ބަރުމާ، ކޮލަމްބިއާ އަދި ވެނެޒުއެލާ ފަދަ ޤައުމު ތަކަކީ މަސްތުވާ ތަކެއްކާ ދެކޮޅަށް ކުރާ މަސައްކަތުގައި ފެއިލްވެފައިވާ ޤައުމު ތަކެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މި ފަހަކަށް އައިސް އެމެރިކާ އާއި ކޮލަމްބިއާގެ ގުޅުން ވަނީ ގޯސްވެފަ އެވެ. މީގެ ކުރިން ޕެޓްރޯ ވަނީ އެމެރިކާގެ ނިއު ޔޯކުގައި ފަލަސްޠީނުގެ ހައްގުގައި ކުރި މުޒާހަރާއެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެެވެ.

އެ މުޒާހަރާގައި ބައިވެރިވެ ޕެޓްރޯ ވަނީ އިސްރާއީލާ ދެކޮޅަށް އަދި އެމެރިކާ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެމެރިކާގެ ސިފައިންނަށް ވެސް އޭނަާ ގޮވާލައްވާފައި ވަނީ ޓްރަމްޕްގެ އަމުރުތަަކަށް ކިޔަަމަން ނުވުމަށެވެ. އެކަމާ ގުޅިގެން އެމެރިކާ އިން ވަނީ އޭނާގެ ވިސާ ވެސް ބާތިލު ކޮށްފަ އެވެ.

މަސްދަރު: އެޖެންސީސް
- ކޮމެންޓް