Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 11:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ރޮއިޓަރސް
އެމެރިކާ-ވެނެޒުއެލާ
ޓްރަމްޕް އާއި މަދޫރޯގެ ސީދާ މަޝްވަރާތައް ކުރިއަށް ގެންދަން ރާވަނީ
އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ދިގު މުއްދަތެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށް ގެންދަން ތައްޔާރަށް ހުންނެވި ކަމަށް މަދޫރޯ ވެސް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން މަދޫރޯ ވިދާޅުވެފައި ވަނީ، ތަފާތުތައް ހައްލު ކުރަން ޖެހޭނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ސީދާ ވާހަކަ ދައްކަވަން ރާވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ހޯމަ ދުވަހު، އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަޕް އާއި މަދޫރޯގެ ސީދާ މަޝްވަރާ ތަކަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި މަޝްވަރާ ތަކުގެ ސީދާ ތާރީޚެއް ފައިނަލް ވެފައި ނުވެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ، އޭނާ ހުންނެވީ މަދޫރޯއާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ބޭނުންފުޅު ވަނީ މަދޫރޯއާ ސީދާ ވާހަކަތައް ދައްކަވަން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ބައެއް ކަހަލަ ފުށު އެރުންތައް ހުރި ނަމަވެސް، އޭނާ ހުރިހާ އެންމެނާ ވެސް ވާހަކަ ދައްކަވާނެ ކަމަށެވެ.

އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ދިގު މުއްދަތެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށް ގެންދަން ތައްޔާރަށް ހުންނެވި ކަމަށް މަދޫރޯ ވެސް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން މަދޫރޯ ވިދާޅުވެފައި ވަނީ، ތަފާތު ކުރުންތައް ހައްލު ކުރަން ޖެހޭނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ. އަދި މަޝްވަރާތަކަށް ޝައުޤުވެރިވާ ކޮންމެ މީހަކާ ވެސް، ސީދާ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ވެނެޒުއެލާގެ ގުޅުން ގޯސްވެފައިވާއިރު، އެ ގުޅުން ގޯސްވެފައި އޮންނަތާ ގިނަ އަހަރު ތަކެއް ވެއްޖެ އެވެ. އެމެރިކާ އިން ވަނީ މަދޫރޯގެ ސަރުކާރަށް ވަރަށް ގިނަ ދަތި ކުރުންތަކެއް ވެސް ކުރިމަތި ކޮށްފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މިހާރު އަންނަނީ ވެނެޒުއެލާއާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ފުރުސަތު ހުޅުވިފައިވާ ކަމުގެ އިޝާރާތްތައް ވެސް ދެމުންނެވެ.

ދެ ޤައުމުގެ ލީޑަރުން ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާ ނަމަ، އެއީ ދެ ޤައުމުގެ ދެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅަކަށް ވެދާނެ ކަމަށް މާާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް، އެ މަޝްވަރާ ތަކުން ނިކުންނާނީ ކޮންކޮން ނަތީޖާތަކެއް ކަމެއް ސާފު ނުވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް