Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 11:14
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ސައުދީ އަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ސައުދީ އަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ޙާލަތާއި، މެދު އިރުމަތީގެ މައްސަލައާ ގުޅޭ ގޮތުން މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވައިފި
ސައުދީގެ ޕްރެން އެޖެންސީ (އެސްޕީއޭ) އިން ބުނެފައިވާ ގޮތުގައި، މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން ވަނީ އެންމެ ފަހުގެ ޙާލަތާއި، އެ ސަރަހައްދުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެދު އިރުމަތީގެ ސަރަހައްދުގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލާފައިވާއިރު، ޣައްޒާގެ ޙާލަތާއި އަދި މެދު އިރުމަތީގެ މައްސަލައާ ގުޅޭ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ސައުދީ އަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވައިފި އެވެ.

އާދީއްތަ ދުވަހު މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. މީގެ ކުރިން ވެސް މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން ވަނީ އެ މައްސަލައިގައި މަޝްވަރާ ކުރައްވައިފަ އެވެ.

ސައުދީގެ ޕްރެން އެޖެންސީ (އެސްޕީއޭ) އިން ބުނެފައިވާ ގޮތުގައި، މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން ވަނީ އެންމެ ފަހުގެ ޙާލަތާއި، އެ ސަރަހައްދުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެދު އިރުމަތީގެ ސަރަހައްދުގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތި ވެފައިވާ އިންސާނީ ވޭން ލުއި ކޮށްދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމާ މެދު ވެސް ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ހަމަ އެހެން އިސްރާއީލްގެ ހަނގުރާމަވެރި ބާރުތައް ޣައްޒާ އިން އެއްކޮށް ފޭބުމުގެ މުހިންމު ކަމާއި، އެކަން އަވަސް މުއްދަތެއްގައި ކުރަން ޖެހޭ ކަމަށް ވެސް ދެ ލީޑަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ، ދެ ދައުލަތުގެ އުސޫލުގެ މައްޗަށް ބިނާކޮށް، އަދުލުވެރި ސުލްޙައެއް ޤާއިމު ކުރުމަށްޓަކައި އަމަލީ ފިޔަވަޅު ތަކެއް އެޅުމުހެ މުހިންމު ކަމަށާއި، އެކަން ކުރުމަށް މެކްރޮން އާއި މުޙައްމަދު ބިން ސަލްމާން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

މެކްރޮން އާއި މުޙައްމަދު ބިން ސަލްމާންގެ ފޯނު ކޯލުގައި ވަނީ ފްރާންސް އާއި ސައުދީ އަރަބިއްޔާއާ ދެެމެދު އެކި އެކި ދާއިރާ ތަކުން އެއްބާރުލުން ދިނުމާއި، ގުޅިގެން މަސައްކަތް ކުރުން އަދި އެ ޤައުމަށް ވެސް މުހިންމު އެހެން މައްސަލަތަކާ މެދު ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

މި މަޝްވަރާ ތަކަކީ މެދު އިރުމަތީގެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމު ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ކުރެވުނު މުހިންމު މަޝްވަރާ ތަކެއް ކަމުގައި ފާހަގަ ކުރެވެ އެވެ.

ފްރާންސް އާއި ސައުދީ ގުޅިގެން ވަނީ އދ ގައި ދެ ދައުލަތުގެ ޙައްލު ހޯދުމަށް ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުން ޗެއާ ކޮށްފައި ވަނީ ވެސް ފްރާންސް އާއި ސައުދީންނެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް