Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 09:37
އިސްރާއީލްގެ ހަމަލާ ތަކުގައި ޣަައްޒާގައި ސުންނާފަތިވެފައިވާ ސަރަހައްދެއްގެ މަންޒަރު
އިސްރާއީލްގެ ހަމަލާ ތަކުގައި ޣަައްޒާގައި ސުންނާފަތިވެފައިވާ ސަރަހައްދެއްގެ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން އިން މިއަހަރުގެ ފެބްރުވަރީ މަހު އަންދާޒާ ކޮށްފައިވާ ގޮތުގައި، ޣައްޒާ އަލުން އާރާސްތު ކުރުމަށް 50 ބިލިއަން އެމެރިކާ ޑޮލަރަަށް ވުރެ ބޮޑު އަދަދެއް ޚަރަދު ވާނެ އެވެ. އެހެން ނަމަވެސް، މިހާރު އަންދާޒާ ކޮށްފައިވާ ގޮތުގައި 70 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ޚަރަދު ވާނެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގި ހަނގުރާމައިގެ ސަބަބުން، މުޅި ޣައްޒާ އެއްކޮށް ސުންނާފަތި ވެފައިވާއިރު، ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ވާނެ ކަމަށް ވޯލްޑް ބޭންކް އަދި އައިއެމްއެފް އިން ލަފާ ކޮށްފި އެވެ.

ވޯލްޑް ޓްރޭޑް އޯގަނަައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލް އެންގޯޒީ އޮކޮންޖޯ އިވެއަލާ ވިދާޅުވެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ޑިވެލޮޕްމަންޓް ކޮމެޓީގެ މިނިސްޓީރިއަލް ފެންވަރުގެ ބައްދަލުވުމުގައި ވަނީ އެކަމާ ގުޅޭ ގޮތުން ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާ ކޮށްފަ އެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓި، އެތައް ބަޔަކު މެރުން ނިމުމަކަށް އައިސް، ހަނގުރާމައިގެ ސަބަބުން ރަހީނު ކޮށްފައިވާ މީހުން މިނިވަންވެ، އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ކާބޯ ތަކެތި ލިބެން ފެށުމަކީ ވަރަަށް އުފާވާ ކަމެއް ކަމަށެވެ،

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އާއި ހަމާސްއާ ދެމެދު އެއްބަސްވުން ޤާއިމު ކުރުމަށް ފަހު، ދެ އަހަރު ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނެވިފައި ވީ ނަމަވެސް، އދ ގެ އިސްވެރިން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގައި ބަނޑުހައި ހޫނު ކަމުގައި ތިބި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި އަދި ވެސް ދަތިތައް ކުރިމަތި ވަމުން އަންނަ ކަމަށެވެ.

އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، ދުވާލަކު ޖުމުލަކޮށް 560 މެޓްރިކް ޓަނުގެ ކާބޯ ތަކެތި މިހާތަނަށް ވަނީ ޣައްޒާ އަށް ވަދެފަ އެވެ. ނަމަވެސް، މިއީ ބަނޑުހައި ހޫނުކަން އިންތިހާ އަށް ކުރިމަތިވެފައިވާ ޣައްޒާ އަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު އަދަދެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން އިން މިއަހަރުގެ ފެބްރުވަރީ މަހު އަންދާޒާ ކޮށްފައިވާ ގޮތުގައި، ޣައްޒާ އަލުން އާރާސްތު ކުރުމަށް 50 ބިލިއަން އެމެރިކާ ޑޮލަރަަށް ވުރެ ބޮޑު އަދަދެއް ޚަރަދު ވާނެ އެވެ. އެހެން ނަމަވެސް، މިހާރު އަންދާޒާ ކޮށްފައިވާ ގޮތުގައި 70 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ޚަރަދު ވާނެ އެވެ.

ދެ އަހަރު ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނެސްފައިވާއިރު، އިސްރާއީލްގެ ހަމަލާ ތަކުގައި ޣައްޒާ އިން ވަނީ 68000 އަަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އިދާރާ ތަކުން އަންދާޒާ ކުރާ ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެސް ގިނަ ބަޔަކު ތިބޭނެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް