Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2025 | ބުރާސްފަތި 18:15
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު
ޕޮލިސް
ކަނޑުމަތީ ހާދިސާ
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކަނޑު އަޑިން ނެގި ދެވަނަ މީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހެއް އަދި ގެއްލިގެން ހޯދާ ތިންވަނަ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެއް

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނެގީ ކަނޑު އަޑިން ކަމަށެވެ.

"ބަންޑުން ޖަހާލި އަލްމާކް-ފިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،" އެމްއެންޑިއެފް އިން ބުންޏެވެ.

ޖުމުލަ ހަތް މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓިން ހަތަރު މީހުން ސަލާމަތްކޮށްފައި ވާއިރު، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ބުނެފައެވެ. ސިފައިން ބުނީ ފެނުނު މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ، އުމުރުން 38 އަހަރުގެ އަހުމަދު ޝިފާނެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ. އެ މީހާ ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:04 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ވަނީ ބުނެފަ އެވެ.

ކަނޑު އަޑިން ނެގި ދެވަނަ މީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. ގެއްލިގެން ހޯދާ ތިންވަނަ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެކެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މި ދުވަސްކޮޅު ރާއްޖޭގެ މޫސުން ވަރަށް ބޮަޑަށް ގޯސްވެ، ވިއްސާރަވެ، ކަނޑު ގަދަވެފައިވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އިރުޝާދު ދީފަ އެވެ

- ކޮމެންޓް