ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުމާ ގުޅިގެން، ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކާ ހިއްްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވިން ޓީމުން ކުރަމުން އަންނަނިކޮށް، އޭގެ ތެރެއިން އެކަކު މަރުވެފައި އޮތްވާ ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮތް މީހާ ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:04 ހާއިރު ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ދުވަސްކޮޅު ރާއްޖޭގެ މޫސުން ވަރަށް ބޮަޑަށް ގޯސްވެ، ވިއްސާރަވެ، ކަނޑު ގަދަވެފައިވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އިރުޝާދު ދީފަ އެވެ.