Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 20:16
ގިރާވަރު ހިއްކުމުގެ މަަސައްކަތް ހުއްޓިފައިވާއިރު އެތަނުން ބައެއް ގޯތިތައް ރަސްމާލެއަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި
ގިރާވަރު ހިއްކުމުގެ މަަސައްކަތް ހުއްޓިފައިވާއިރު އެތަނުން ބައެއް ގޯތިތައް ރަސްމާލެއަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި
އަމްނާ އިމާދު
ގިރާވަރު ގޯތި
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
ކުރީ ސަރުކާރުން ގިރާވަރުފަޅުން 5186 ގޯތި ދޭން ނިންމި އިރު، މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމުން 3462 ގޯއްޗަށް ބަދަލުކުރި
ގުޅީފަޅަށް ބަދަލުކުރި 1114 ގޯއްޗާއެކު ގިރާވަރުން 610 ގޯތި ދޭނެ ޖާގަނެތް، ބާކީ ގޯތިތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދޭ

ގިރާވަރުން ލިބިފައިވާ ބައެއް ގޯތި ރަސްމާލެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފިއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޭން ނިންމި ގޯތީގެ އަދަދަކީ 5186 ކަމަށެވެ. އެއިރު މުޅިންވެސް އޮތީ ގޯތިދޭން ކަމަށާއި، މި ސަރުކާރުން ގިރާވަރުގެ ލޭންޑް ޔޫސް ޕްލޭނަކީ މީހުން ދިރިއުޅޭ ކަހަލަ ތަަކަށް ބަދަލުކުރުމުން ނެގެނީ 3462 ގޯތި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޭންޑްޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާއި، ގުޅީފަޅަށް ބަދަލުކުރި 1114 ގޯއްޗާއެކު ގިރާވަރުން 610 ގޯތި މަދުވާ އިރު ބާކީވާ ގޯތިތައް ކޮންމެވެސް އެހެންތަނަކަށް ބަދަލުކުރަންޖެހޭތީ އެކަމާއި މެދު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެއީ ޔޫޓީއެފް އަށް ބަދަލުކުރާނީތޯ، ގުޅިފަޅުގެ ފުންތައް ހިއްކައިގެން ބަދަލުކުރާނީތޯ ނޫނީ ރަސްމާލެއަށް ބަދަލުކުރާނީތޯ. އެ ދެން ޖެހޭނީ އަޅުގަނޑުމެން ގޮތެއް ނިންމަން. ގިރާވަރުގައި އަޅުގަނޑުމެންނަށް އެންމެ ޑެންސްކޮށްވެސް މީހުން ދިރިއުޅޭ ކަހަލަތަނަކަށް ބަދަލުކޮށްފައި ލޭންޑްޔޫސް ޕްލޭން ހެދީމާ އަޅުގަނޑުމެންނަށް އަދިވެސް 610 ގޯތި އެތަނުން ނުނެގޭ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު

އެމްޑީޕީ ސަރުކާރުގައި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެއިރު ފަށައި ޕްލޭންކޮށްފައިވާ ގޮތަށް އޮތީ 2023 އޮކްޓޯބަރު މަހުގެ ނިޔަލަށް ބިން ހިއްކާ ނިންމާ ގޮތަށެވެ. އެއީ 169 ހެކްޓަރުގެ ބިމެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓި ގިރާވަރުފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ.

އެގޮތުން މަސައްކަތް ހުއްޓުނީ ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ބޮސްކާލިސް އިން އޮތީ އެއިރުވެސް ފައިސާ ދިނުމާއެކު މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ.

- ކޮމެންޓް