Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 10:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިޞްރުގެ ރައީސް އަބްދުލް ފައްތާޙު އަލް ސީސީ (ފައިލް ފޮޓޯ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިޞްރުގެ ރައީސް އަބްދުލް ފައްތާޙު އަލް ސީސީ (ފައިލް ފޮޓޯ)
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ޓްރަމްޕް އާއި އަލް ސީސީ ޗެއާ ކުރައްވާ ސަމިޓު ހޯމަ ދުވަހު
ހޮނިހިރު ދުވަހު މިޞްރުގެ ރިޔާސީ ގަނޑުވަރުން ހާމަ ކޮށްފައިވާ ގޮތުގައި މި ސަމިޓު އޮންނާނީ ހޯމަ ދުވަހު. އެ ސަމިޓު ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައި ވަނީ ވެސް، މިޞްރުގެ ޝަރަމް އަލް ޝައިޚް ގައި.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާއިރު، ޣައްޒާގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ޗެއާ ކުރައްވާ ސަމިޓެއް ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު މިޞްރުގެ ރިޔާސީ ގަނޑުވަރުން ހާމަ ކޮށްފައިވާ ގޮތުގައި މި ސަމިޓު އޮންނާނީ ހޯމަ ދުވަހު އެވެ. އެ ސަމިޓު ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައި ވަނީ ވެސް، މިޞްރުގެ ޝަރަމް އަލް ޝައިޚް އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަގު ވަގުތެއްގައި އޮންނަ މި ބައްދަލުވުމުގައި 20 އަށް ވުރެ ގިނަ ޤައުމު ތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެ ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، މެދު އިރުމަތީގެ ސަރަހައްދުގައި ސުލްޙަ އަދި ހަމަޖެހުން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ޚަރުދަނާކޮށް، އައު ސަލާމަތީ އަދި ހަމަޖެހުމުގެ ދައުރެއް ފެށުމެވެ.

އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ހަމަ އެހެންމެ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ އާއި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްގެ އިތުރުން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ސުލްޙަވެރި ކަމުގެ އެއްބަސްވުމެއް ޤާއިމު ކުރެވިފައި ވީ ނަމަވެސް، އެ ބައްދަލުވުމުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވެ ވަޑައިގަންނަވާކަން ކަށަވަރެއް ނުވެ އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވާ ކަމެއް އޭނާ ހާމަ ކުރައްވާފައި ނުވެ އެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ހުސާމް ބަދްރާން އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ހަމާސް އިން ބައިވެރި ނުވާނެ އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކުރީގެ މަޝްވަރާ ތަކުގައި ވެސް ހަމާސް އިން މުއާމަލާތް ކޮށްފައި ވަނީ ޤަތަރު އަދި މިޞްރުގެ މެދުވެރިންނާ އެކު އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް