 
                        
                
    
ދެކުނު ފިލިޕީންސްގެ ކަނޑުއަޑިން 7.6 ގެ ބިންހެލުމެއް އައިސްފައިވާކަމަށް އެ ޤައުމުގެ ސީސްމޮލޮޖީ އޭޖެންސީން ބުނެފިއެވެ. އަދި ސުނާމީގެ އިންޒާރު ދީ، އައްސޭރިފަށާ ކައިރީގައިވާ ސަރަޙައްދުތަކުގެ ރައްޔިތުން އުސްތަންތަނަށް ދިއުމަށް އިރުޝާދު ދީފައިވެއެވެ.
މިންދަނާއޯ ސަރަޙައްދުގެ މަނޭ ރަށުގެ ބޭރުން ކަނޑުއަޑިން 10 ކިލޯމީޓަރު (6 މޭލު) ފުންމިނުން މި ވަރުގަދަ ބިންހެލުން އައީ ހުކުރު ދުވަހުއެވެ.
MOMENT Philippines earthquake strikes — people cower as debris flies & lights go OUT https://t.co/AmYeGXD8lH pic.twitter.com/bysMqlwjfe
— RT (@RT_com) October 10, 2025
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީން ނެރުނު ސުނާމީގެ އިންޒާރުގައި ބުނެފައިވަނީ "އާންމު ދިޔަވަރަށްވުރެ 1 މީޓަރަށްވުރެ އުސްކޮށް" ރާޅު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިންސްޓިޓިއުޓުން ވަނީ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ވަގުތުން އުސްތަންތަނަށާއި ރަށު ތެރެއަށް ދިއުމަށް "ވަރަށް ބޮޑަށް އިރުޝާދު" ދީފައެވެ.
ބާރުގަދަ ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ފުރާނަ ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
