ހަފްތާއެއްގެ ތެރޭގައި އައި ދެވަނަ ތޫފާނުގައި ފިލިޕީންސްގައި 6 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މީގެ ހަފްތާ އެއްހާ ދުވަސް ކުރިން އެ ގައުމަށް އެރި ވަރުގަދަ ތޫފާނުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ނެވެ.
ސުޕަ ޓައިފޫން ފަންގް-ވޮންގް ގެ ސަބަބުން ބޮޑު ސަރަހައްދެއް ގައި ފެންބޮޑުވވުމާއި ބިންގަނޑު ކަނޑައިގެން ދިޔުން ކުރިމަތިވި އެވެ. މީގެ އިތުރުން އެތައް ޕްރޮވިންސްތަކުގައި ކަރަންޓު ވަނީ ކެނޑިފައެވެ.
ތޫފާނުގެ އެރުމުގެ ކުރިން އަސަރު ކޮށްފާނެ ކަމަށް ބެލޭ ސަރަހައްދުތަކުން 1.4 މިލިއަނަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވުނެވެ. ފިލިޕީންސް އަށް އެރި ތޫފާނުގެ ބާރު މިހާރު ކެނޑިފައިވާއިރު ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ތައިވާނާ ދިމާލަށެވެ. އެތަނުގައި 3000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައިވެއެވެ.
🌀TYPHOON TINO🌀
— Chyno News (@ChynoNews) November 4, 2025
Major flooding has occurred in the Phillipines due to Typhoon Kalmaegi (Tino)
Tino made landfall near Silago, Southern Leyte, with sustained winds of 150kph, heavy rainfall, and large storm surges.
Footage from Bacayan, Cebu City shows widespread flooding. pic.twitter.com/P5iwtJiD6d
ފަންގް-ވޮންގް ނަން ދީފައިވާ މި ތޫފާނަކީ ފިލިޕީންސް އަށް މި އަހަރު އެރި 21 ވަނަ ތޫފާނެވެ.
ގަދަ ވިއްސާރަ އާ އެކު އާދީއްތަ ދުވަހުގެ ރޭ ލުޒޯން ގައިވާ އައުރޯރާ ޕްރޮވިންސް އަށް އެރި މި ތޫފާނުގައި ގަޑިއަކު ގާތްގަނޑަކަށް 185 ކިލޯމީޓަރާއި 230 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގެ ވައި ޖެހިފައި ވެއެވެ.
މިއީ ތޫފާން ކަލްމޭގީ އެ ސަރަހައްދަށް އަރާ އެތައް ހާސް މީހުން ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި ނުރައްކާތެރި ގުދުރަތީ ކާރިސާ އެކެވެ.