Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 12:30
ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލްގެ އަސްކަރީ އުޅަނދެއް
ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލްގެ އަސްކަރީ އުޅަނދެއް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
މިޞްރުގެ ސަރުކާރާ ގުޅުން ހުރި މީީޑިއާ ތަކުން ވެސް ވަނީ، އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ކަމަށާއި، ފެންންނަނީ ރަނގަޅު ރޫޙެއް ކަމަށް އަންގާރަ ދުވަހު ރިޕޯޓު ކޮށްފައި.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، ހަމާސް ޖަމާއަތާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިޞްރުގެ ޝަރަލް އަލް ޝައިޚްގަ އެވެ. އެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި އެ މަޝްވަރާތައް ސިފަ ކޮށްފައި ވަނީ އެކުވެރި މާހައުލެއްގައި ކުރިއަށް ގެންދެވުނު މަޝްވަރާ ތަކެއްގެ ގޮތުގަ އެވެ.

މިޞްރުގެ ސަރުކާރާ ގުޅުން ހުރި މީީޑިއާ ތަކުން ވެސް ވަނީ، އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ކަމަށާއި، ފެންންނަނީ ރަނގަޅު ރޫޙެއް ކަމަށް އަންގާރަ ދުވަހު ރިޕޯޓު ކޮށްފަ އެވެ.

އަލް ޤާހިރާ ނިއުސް އިން ބުނާ ގޮތުގައި މަޝްވަރާ ތަކުގެ ފުރަތަމަ ބުރަށް ފަހު، ދެ ވަނަ ބުރުގެ މަޝްވަރާތައް ވެސް އަންގާރަ ދުވަހު ފެށޭނެ އެވެ. އެ މަޝްވަރާ ތަކުގައި ހަމާސް އާއި، މެދުވެރިން ވެސް ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ. މަޝްވަރާތަކަށް އިސްރާއީލްގެ ވަފުދު ވަނީ ހޯމަ ދުވަހު ޝަރަމް އަލް ޝައިޚް އަށް ވަޑައިގެންފަ އެވެ.

މި މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރެ އެވެ. އެ ހުށަހެޅުމުގައި ހިމެނެނީ ހަމާސްގެ ބަންދުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، އިސްރާއީލްގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމެވެ. އަދި ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކަކީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ އެންމެ ފަހުގެ މަސައްކަތް ތަކުގެ ތެެރެއިން މުހިންމު މަސައްކަތެކެވެ. ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް