Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 22:32
މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ ގާނޫނީ ވަކީލް މުސްތަފާ ހަމީދު: ވިދާޅުވީ ސަލާހުގެ އިނގިލި ފުލުހުން ބިންދާލީ ހައްޔަރުކުރިފަހުން ކަމަށް
މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ ގާނޫނީ ވަކީލް މުސްތަފާ ހަމީދު: ވިދާޅުވީ ސަލާހުގެ އިނގިލި ފުލުހުން ބިންދާލީ ހައްޔަރުކުރިފަހުން ކަމަށް
ރާއްޖެއެމްވީ
ލޫޓުވައިފި ބޮޑު އެއްވުން
"ފުލުހުން ސަލާހުގެ އިނގިލި ބިންދާލީ ހައްޔަރުކުރި ފަހުން، އާދޭސް ކުރުމުން ވެސް ފަރުވާ އަށް ފުރުސަތު ނުދިން"
މާފުށި ކައުންސިލުގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަހުން
ސަލާހުގެ އަރިކަށީގައި ބޮޑު ޒަހަމެއް ހުރި
ސަލާހުއަށް ފަރުވާ ދިނީ ބަންދުކުރިތާ 26 ގަޑިއިރު ފަހުން

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އިސްނަގައިގެން މާލޭގައި ކުރި ބޮޑު މުޒާހަރާ ގައި މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު ގެ އިނގިލި ބިންދާލީ ހައްޔަރު ކުރިފަހުން ކަމަށާއި އެވަގުތު ފަރުވާ އަށް އެދި އާދޭސްކުރި ނަމަވެސް އެ ފުރުސަތު ދީފައިނުވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

މުސްތަފާ އެހެން ވިދާޅުވީ އެމްޑީޕީގެ ގާނޫނީ ޓީމުން ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

މުސްތަފާ ވިދާޅުވީ ސަލާހުގެ އިނގިލި ބިންދާލީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންގެ ޖިޕަށް އަރުވަން އުޅުމުގެ ތެރޭގައި ފަހަތުން ދުވެފައި އައި ފުލުހެއް ކަމަށެވެ. އަދި އިނގިލި ބިންދާލުމާއި ގުޅިގެން ސަލާހު ފަރުވާއަށް ތަކުރާރުކޮށް އެދުނު ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ވެސް ނުދީ ވާކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ސަލާހުއަށް ފަރުވާއެއް ދިނީ ބަންދު ކުރިތާ 26 ގަޑިއިރު ފަހުން ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެންގޮސްގެން ކަމަށް އެނގިފައިވާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔަ ފަހުން ބިންދާލާފައިވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށާއި އޭނާގެ ވައަތް ފަރާތު އަރިކަށީގައި ވެސް ބޮޑު ޒަހަމެއް އެބަހުރި ކަމަށެވެ.

ސަލާހު އަޅުގަނޑާއި ބައްދަލުކޮށްފަ ވާހަދެއްކި އިރު، ސަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، ފުލުހުން ސަލާހު ގޮވައިގެން ޖިޕަށް އަރުވަން ދިޔަ ގަޑީގަ ފަހަތުން ދުވެފައި އައި ފުލުހެއް ސަލާހުގެ ވައަތު އިނގިލި އިނީ ބިންދާލާފަ. ބިންދާލުމާއި ގުޅިގެން ސަލާހު އެވަގުތު ވެސް އަދި އެރޭގަ ވެސް ފަރުވާއަށް އެދުނު. އެހެން ނަމަވެސް 26 ގަޑިއިރު ފަހުން ނޫސަންދަ ފުލުހުންގެ ކްލިނިކަށް ގެންގޮސް ފަރުވާދީފައި ވާކަމަށް ވަނީ. ދެން ސަލާހު އަޅުގަނޑާއި ބައްދަލުކުރި އިރު ފާހަގަކުރި ޑޮކްޓަރު ލަފާދީފަ ވާކަމަށް ޕްލާސްޓަރ އަޅަން. އެހެން ނަމަވެސް އެކަން އަޅުގަނޑުމެންނަށް ނޭނގޭތީ މިތަނަށް އަޅުގަނޑުމެން މިއައީ އެހެން ނަމަވެސް މައުލޫމާތު ދެވޭ ކަހަލަ އެއްވެސް ބޭފުޅަކާއި ބައްދަލެއް ނުވި. ފުލުހުންގެ އެއްބާރުލުމެއް ނުލިބުނު.

މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ ގާނޫނީ ވަކީލް މުސްތަފާ ހަމީދު

އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔައިރު ގަދަ ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތަކުރާރުކޮށް ބުނި ކަމަށެވެ.

މުސްތަފާ ވިދާޅުވީ ސަލާހުގެ ވައަތު އަރިކަށީގައި ވެސް ދެތަނެއްގައި ވަރަށް ބޮޑު ޒަޚަމެއް ފެންނަން އެބަ ހުރި ކަމަށާއި އެހެން ކަމުން ސަލާހުގެ މެޑިކަލް ރިޕޯޓެއް ވެސް ވަރަށް އަވަހަށް އެބަ ބޭނުންވާ ކަމަށެވެ.

އަދި މެޑިކަލް ރިޕޯޓެއް ހޯދުމަށް ގަޑިއެއްހާއިރު މަސައްކަތް ކުރެވިއްޖެ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްވެސް ޖަވާބެއް އެކަމުގައި ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ފަރާތުން އެމަކުގައި އެއްވެސް އެއްބާރުލުމެއް ނުލިބުމުން އަންގާރަ ދުވަހު އެ މައްސަލަ އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅުއްވާނޭ ކަމަށެވެ.

- ކޮމެންޓް