Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 15:53
މާލޭގެ މޭޔަރ އާދަމް އާޒިމް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
މާލޭގެ މޭޔަރ އާދަމް އާޒިމް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ސްކްރީން އިމޭޖް
މުޒާހަރާގައި ސޮނިކް ވެޕަން ބޭނުންކުރުން
ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް
މި މިންވަރަށް ބާރުގެ ބޭނުން ކުރީ ސަރުކާރު ޕްރެޝަރަށް ވެއްޓުނު ވަރުން ކަމަށް ބައެއް އާއްމުން ވަނީ ސިފަކޮށްފަ
އާޒިމް ވަނީ އާއްމުންގެ ކަންބޮޑުވުންތައް މިކަމުގައި އިންތިހާ އަށް އެބަހުރި ކަމަށާއި މިއީ އަނިޔާވެރިކަން ކަަމަށް ސިފަކޮށްފަ
މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ހާލަތާއި ނުބައްދަލު މިންވަރަށް ހަތިޔާރު ބޭނުން ކުރުންކަމަށާއި މި އެއްވުމުގައި ފުލުހުން އަމަލުކުރީ ވަރަށް އަންޕްރޮފެޝަނަލްކޮށް ކަމަށް އާއްމުން ދަނީ ބުނަމުން

ހުކުރު ދުވަހު ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި ސޮނިކް ވެޕަން ބޭނުންކޮށްފައިވާ އިރު މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ތަންތަނުގައި ދައުވާ ކުރާ ކަމެއް ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިއީ ރާއްޖޭގައި މުޒާހަރާ އެއް ކޮންޓްރޯލް ކުރުމަށް ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އާޒިމް ވަނީ އާއްމުންގެ ކަންބޮޑުވުންތައް މިކަމުގައި އިންތިހާ އަށް އެބަހުރި ކަމަށާއި މިއީ އަނިޔާވެރިކަން ކަަމަށް ސިފަކޮށްފައެވެ. އާޒިމް ވަނީ މިފަދަ އާލާތްތައް ބޭނުންކުރުމަކީ އިންތިހާ އަށް ނުރައްކާތެރި ކަމަކަށް ވުމާއި އެކު ކުރިއަރާފައިވާ ތަހުޒީބީ ޤައުމުތަކުގައި މިފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށް ވެސް ބުނެފައެވެ. އަދި ސައުދިއަރަބިއްޔާ ފަދަ ޤައުމުތަކުގައި މި ހަތިޔާރު ބޭނުންކުރުމަކީ މަނާކަމެއްކަން ފާހަގަކޮށްފައެވެ.

"ރޭގައި އެންމެން ގަޔަށް ޕެޕަރ ސްޕްރޭ ޖެހި އިރު ވެސް އަމަލު ކުރި ގޮތް މިއީ ބަލައިގަނެވޭ ކަމެއް ނޫން. ބަޑިޖެއްސި އަސް ފަހަތަށް ނުޖެހޭނަން." އާޒިމް ވަނީ ވިދާޅުވެފައެވެ.

ސޮނިކް ވެޕަން އަކީ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އުފައްދާ ގަދަ އަޑެއް ކަމަށް ވާއިރު މިއީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ހާލަތާއި ނުބައްދަލު މިންވަރަށް ހަތިޔާރު ބޭނުން ކުރުންކަމަށާއި މި އެއްވުމުގައި ފުލުހުން އަމަލުކުރީ ވަރަށް އަންޕްރޮފެޝަނަލްކޮށް ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

އާޒިމް މިހެން ވިދާޅުވެފައި ވާއިރު ހުކުރު ދުވަހުގެ ރޭ ބޭނުންކުރި ޕެޕަރސްޕްރޭ އަކީ އެކްސްޕަޔަރވެފައި ހުރި ޕެޕަރ ސްޕްރޭ ކަމަށްބައެއް އާއްމުން މީސްމީޑީއާގައި ތުހުމަތުކޮށްފައިވެއެވެ. އާއްމުން އެހެން ތުހުމަތު ކުރީ ކުރިން މުޒާހަރާގައި ޕެޕަރ ސްޕްރޭ ބޭނުންކުރުމުން ނުވާ ގޮތްތައް ވާކަމަށް ފާހަގަކޮށެވެ. އަދި މި މިންވަރަށް ބާރުގެ ބޭނުން ކުރީ ސަރުކާރު ޕްރެޝަރަށް ވެއްޓުނު ވަރުން ކަމަށް ބައެއް އާއްމުން ވަނީ ސިފަކޮށްފައެވެ.

- ކޮމެންޓް