Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 12:13
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
ޓްރަމްޕް، އިސްރާއީލަށް ނުރުހުން ފާޅު ކޮށްފައި ވަނިކޮށް، ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފި
އާދީއްތަ ދުވަހު ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފައިވާއިރު، އެ ދަތުރަށް ފުރައި ވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި ވީ ނަމަވެސް، އިސްރާއީލާ އެކު އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އިސްރާއީލް އިން ޤަތަރަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުން އިސްރާއީލް އަށް އަމާޒުވެ ކޮށްފައި ވަނިކޮށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފި އެވެ.

ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ އިސް ވެރިންނަށް އަމާޒުކޮށް، މިދިޔަ އަންގާރަ ދުވަހު އިސްރާއީލް އިން ވަނީ ހަމަލާ ދީފަ އެވެ. މިއީ އެމެރިކާގެ އެކުވެރި ޤައުމަކަށް އިސްރާއީލް އިން ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހު ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފައިވާއިރު، އެ ދަތުރަށް ފުރައި ވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި ވީ ނަމަވެސް، އިސްރާއީލާ އެކު އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، އެ ހަމަލާގެ ސަބަބުން ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތަށް އަސަރު ކުރާނެ ކަމަށެވެ. އެހެން ކަމުން އެކަމުގައި ކުރާނެ އަސަރަކާ ގުޅޭ ގޮތުން ދެ ޤައުމުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.

އެމެރިކާ އިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް، ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން ޓްރަމްޕް ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފާޑު ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އެކަމާ ގުޅިގެން ހޮނިހިރު ދުވަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ހަމާސްގެ އިސްވެރިންނަށް ހަމަލާދީ، އެ މީހުން މެރުމަކީ ހަނގުރާމަ ނިންމުމަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލުން ކަމަށެވެ.

އިސްރާއީލް އިން ވަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކުރުމަށް ނިންމައި، ޣައްޒާ ސިޓީގެ ކޮންޓްރޯލް އިސްރާއީލްގެ ބޭރުގެ ދަށަށް ގެނައުމަށް ނިންމައިފަ އެވެ. އަދި އެ ސަރަހައްދުގައި އުޅޭ ރައްޔިތުން އެ ސަރަހައްދު ދޫކޮށްލުމަށް ވެސް ވަނީ އަންގައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް