Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 13:25
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ބިލު
މީޑިއާ ކޮންޓްރޯލްކުރާ ބިލު ދިރާސާ ކުރާ ކޮމިޓީން ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ
މި ބިލު ބޭރުކޮށްލުމަށް އެދި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި
ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅުހަދާ ބިލު ބޭރުކޮށްލަން ގޮވާލައިފި

"މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށް ކޮމެޓީގައި ތިބި ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ.

މި ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދައި ބިލު ބޭރުކޮށްލަން ގޮވާލައިފަ އެވެ.

- ކޮމެންޓް