މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހުގައި މަސައްކަތް ކުރާ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (32އ) ގެ މައްސަަ ބެލުމައްފަހު ޑިސިޕްލިނަރީ ބޯރޑުން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައި ކަމަށެވެ.
އައިޝަތު ޝިޔާޒާ ހައްޔަރު ކޮށްފައިވަނީ 18 ޖުލައިގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެވެ.
އޭގެ އިތުރުން އައިޝަތު ޝިޔާޒާ އާއިއެކު ހައްޔަރު ކޮށްފައިވަނީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ.
ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށްެވެ އެވެ.