Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 01:56
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކުރި "ޕިކަޕް ޖަލްސާ"ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކުރި "ޕިކަޕް ޖަލްސާ"ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ދައުލަތް ލޫޓުވާލުން
ގައުމު ވީދާ ކައި ހުސްކުރަން ވެރިކަން ކުރަން ތިބި މީހުން މަސައްކަތް ކުރަން ދޫކޮށްލެވެން ނެތް: މައުރޫފް
މި ސަރުކާރަކީ ފޭކު ދޮގު ހަދާ ސަރުކާރެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފަ
މި ސަރުކާރުން ދަނީ ފެށުނީއްސުރެ އޮޅުވާލާ ރައްޔިތުންނަށް ދޮގު ހަދަމުން
އެމްޑީޕީން ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ކަމަށް މައުރޫފް ވިދާޅުވި

ގައުމު ވީދާ ކައި ހުސްކުރަން ވެރިކަން ކުރަން ތިބި މީހުން މަސައްކަތް ކުރަން ދޫކޮށްލެވެން ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކުރި "ޕިކަޕް ޖަލްސާ"ގައި ވާހަކަދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ މި ސަރުކާރުން ދަނީ ފެށުނީއްސުރެ އޮޅުވާލާ ރައްޔިތުންނަށް ދޮގު ހަދަމުން ކަމަށެވެ. ދިވެހިންނަކީ ވެރިކަމުގައި ތިބި ބަޔަކު ކަންތައް ކުރާނެހާ ގޮތަކަށް ކަންކަން ކުރަން ދޫކޮށްލައިގެން ތިބޭނެ ބައެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވިއެެވެ. މި ސަރުކާރުން ވަނީ ތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށްފައި ކަމަށާއި ވެރިކަން ހިންގަން އިނގޭނެ ކަމަށް ބުނެ އައި ބަޔަކު ދަނީ ރައްޔިތުން ބިކަކުރަމުން ކަމަށް މައުރޫފް ވިދާޅުވިއެވެ. 3 އޮކްޓޯބަރގައި ބާއްވާ އެމްޑީޕީގެ ހަރަކާތަކީ އެކަމާއި ގުޅިގެން އަޑު އުފުލަން ބާއްވާ ހަރަކާތެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މި ސަރުކާރަކީ ފޭކު ދޮގު ހަދާ ސަރުކާރެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ކަމަށާއި އެކަން ދެން ނުހުއްޓުވޭނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މާލިއްޔާ ލޫޓުވާން ނުކުތުމުން އެކަމާއި ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މައްޗަށް އޮތް ޒިންމާ އެއް. އަޅުގަނޑުމެންނާއި ބައިވެރިވީމަ ރައްޔިތުންނަށް ވިސްނޭނެ ސަރުކާރާއި މެދު އާއްމުން މާޔޫސްވެއްޖެކަން. ރައްޔިތުން މި ސަރުކާރާއި އެކީ ކުރިއަށް ދާން ބޭނުން ނުވާކަން." އޭނާ ވިދާޅުވިއެވެ.

ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތަށް ތައްޔާރުވުމަށާއި އަދި އެހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިކުރުމަށް ހިތް ވަރުދިނުމަށް ގޮވާލާ ހިންގި މި ހަރަކާތުގައި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އިތުރުން ޤައުމީ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ އާއްމުން ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް