Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 13:26
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މުހައްމަދު ފަޒީން
މެންބަރު އަސްމާގެ މާލީ ބަޔާން
މެންބަރު އަސްމާގެ ނަންމަތީގައި އެއްވެސް މުދަލެއް ގޯއްޗެއް ނެތް، ހަދިޔާއެއް ވެސް ދީފައިނުވޭ
އޭނާއަށް އެއް އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 973830 ރުފިޔާ
ކުންފުންޏާއި، ޕާރޓްނަރޝިޕް ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި 1113600 ރުފިޔާ ލިބިފައިވޭ
ސަރުކާރުގެ ވަރަަށް ގިނަ އޮފީސްތައް ހުންނަ ސްޓާކުލައުޑް އިމާރާތަކީ މެންބަރު އަސްމާގެ އާއިލީ އިމާރާތެއް

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ނަންމަތީގައި އެއްވެސް ގެއެއް މުދަލެއް ނެތްކަމަށް މާލީ ރިޕޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ މެންބަރު އަސްމާގެ މާލީ ބަޔާން ދައްކާގޮތުގައި، އޭނާއަށް އެއް އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 973830 ރުފިޔާއެވެ. އަދި ކުންފުންޏާއި، ޕާރޓްނަރޝިޕް ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި 1113600 ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން މެންބަރު އަސްމާގެ އަމިއްލަ ނަން މަތީ ބޭންކު އޮފް ސިލޯނު މާލޭ ބްރާންޗުގައި އޮންނަ އެކައުންޓުގައި 81،152.50 އޮތް ކަމަށް މަލީ ބަޔާނުން ދައްކައެވެ. އަދި ބީއެމްއެލްގެ ރުފިޔާ ކްރެޑިޓް ކާޑުން 64،621 ރުފިޔާ އަދި ޑޮލަރު ކްރެޑިޓުު ކާޑުން 9،395 ޑޮލަރު ބޭނުންކޮށް އަދި ނުދައްކާ އެބައޮތެވެ.

މެންބަރު އަސްމާގެ އެއްވެސް ލޯނެއް އަދި ދަރަންޏެއް ވެސް ނެތްއިރު، ހެޔޮއެދޭ މީހުންގެ ފަރާތުން ލިބިފައިވާ ފައިސާއާއި، މުދަލާއި، ބޭނުންކުރަން ލިބިފައިވާ ތަކެއްޗާއި ވަސީލަތެއް ވެސް ނެތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ. އައި އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައި ވެސް ބިމެއް، އިމާރާތެއް، ފްލެޓެއް އަދި ގެދޮރެއް ވެސް ނެތް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މަޖީދީ މަގުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކާއި ސަރުކާރުގެ ވަރަަށް ގިނަ އޮފީސްތައް ހުންނަ ސްޓާކުލައުޑް އިމާރާތަކީ މެންބަރު އަސްމާގެ އާއިލީ އިމާރާތެކެވެ. އަދި މެންބަރު އަސްމާއާއި، އޭނާގެ ބޭފުޅުންގެ ނަންމަތީގައި އޮތް މ. ކޮތަންމާގޭގައި ހިމެނޭ ގޯއްޗެއް 19 މިލިއަން ރުފިޔާއަށް މިދިޔަ އަހަރު ވިއްކާލާފައިވެއެވެ.

- ކޮމެންޓް