Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2025 | ބުދަ 15:57
އިބްރާހިމް ފަލާހް
އިބްރާހިމް ފަލާހް
ރާއްޖެއެމްވީ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ހަމައެކަނި ގެދޮރު ކުއްޔަށްދީގެން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ!
ފަލާހު މާލެއިން މާފަންނު އަލް ހަދީދް ނަމަކަށް ކިޔާ 1000 އަކަފޫޓުގެ ގޯއްޗެއް 4 މިލިއަން ރުފިޔާއަށް ގަނެފައިވޭ
ބީއެމްއެލްއިން 15 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނެއް ނަގާފައިވާއިރު އެ ފައިސާ އަދިވެސް ނުދައްކާ އޮތްކަން ފާހަގަވޭ

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ގެދޮރު ކުއްޔަށްދީގެން އަހަރެއްގެ މައްޗަށް 3 މިިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭކަން ހާމަވެއްޖެ އެވެ.

މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް މިހާރު ވަނީ ހާމަކޮށްފައެވެ. އެއީ، މޭ 28، 2024 އިން ފެށިގެން މި އަހަރުގެ މޭ 27 އަށްވާ އެއް އަހަރު ދުވަހުގެ މާލީ ބަޔާނެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައިވާ ޖުމްލަ 4 ބިމުން ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް 3،276،000 ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން ފަލާހު ވަނީ މާލެއިން، މާފަންނު "އަލް ހަދީދް" ނަމަކަށް ކިޔާ ގޯއްޗެއް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. އަދި އެގޯތީގެ މިލްކުވެރިކަމުގެ މައްސަލަ ސިވިލް ކޯޓުން ނިންމައި ކުރި ހުކުމުގައި ވާގޮތުން ފަލާހު ބައްލަވައިގަތީ މާލޭ ދަފްތަރު ނަންބަރު 1458 އަހުމަދު ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާފަންނު "އަލްހަދީދު"ނަމަކަށް ކިޔާ ގޯއްޗެވެ. އެއީ 1000 އަކަފޫޓުގެ ގޯއްޗެކެވެ.

ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ރ. އިންނަމާދުގައި 3 ބިމާއި މާލޭގައި 1 ބިން އޮވެ އެވެ. އަދި އާމްދަނީގެ ގޮތުގައި ޖުމުލަ 5،166،000 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ލިބޭ 990،000 ރުފިޔާއާއި ވިޔަފާރީގެ ނަފާގެ ގޮތުގައި ލިބޭ 900،000 ރުފިޔާގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން ކުލީގެ ގޮތުގައި ލިބޭ 3،276،000 ރުފިޔާ އެވެ،

މީގެ އިތުރުން ވެސް މާލީ ބަޔާން ތާރީހާ ހަމައަށް ބޭންކް ތަކުގައިވެސް ޖުމުލަ 111،074.84 ރުފިޔާއާއި 300.75 އެމެރިކާ ޑޮލަރު ހުރިކަމަށް މާލީބަޔާނުން އެނގެ އެވެ. އަދި މި އަހަރުގެ ފެބްރުއަރި މަހުގެ ވިހި ވަނަ ދުވަހު 15،727،0000 ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާކަން ވެސް ހާމަވެ އެވެ.

ފަލާހުގެ މާލީ ބަޔާނަށް އިތުރަށް ބަލައިލާއިރު ވަރަށް ބޮޑު ދަރަންޏެއް އޭނާގެ އޮތްކަމަށް ދައްކަ އެވެ. އެގޮތުން އޭނާ ނަގާފައިވާ ލޯނަށް މިހާރުވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ފާހަގަ ވެއެވެ.

- ކޮމެންޓް