Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 17:27
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔަން
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔަން
ގެޓީއިމޭޖަސް
އުރްސުލާ ވޮން ޑަރ ލެޔަން
އީޔޫގެ ވެރިޔާ ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ހުރަސް އެޅުމުން ކަރުދާސް ޗާޓު ބޭނުން ކުރަން ޖެހިއްޖެ
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔަންގެ މަތިންދާބޯޓުގެ ނެވިގޭޝަން ނިޒާމަށް ހުރަސް އެޅުމުން ބޯޓު ޖެއްސީ ކަރުދާސް ޗާޓު ބޭނުން ކޮށްގެން ކަމަށް ރިޕޯޓުތައް ބުނޭ.

ޔޫރަޕިއަން ކޮމިޝަނުގެ ވެރިޔާ އުރްސުލާ ވޮން ޑަރ ލެޔަން ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ރަޝިޔާ އިން ހުރަސް އަޅައިފި ކަމަށް ތުހުމަތު ކޮށްފިއެވެ.

ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި "ޖީޕީއެސް ޖޭމިންގ" ކުރިމަތިވީ އާދީއްތަ ދުވަހު ކޮމިޝަންގެ ރައީސް ދަތުރު ކުރެއްވި ބޯޓު ބަލްގޭރިއާ އަށް ޖައްސަން އުޅުނު ވަގުތުގައެވެ. ނަމަވެސް އޭނާ ދަތުރު ކުރެއްވި ބޯޓު ވަނީ ރައްކާތެރި ކަމާއެކު ޖައްސާފައެވެ.

ބަލްގޭރިއާގެ ސަރުކާރުގެ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތުން، މިއީ ސީދާ ރަޝިޔާ އިން ހިންގާފައިވާ ކަމެއް ކަމަށް ޝައްކުކުރެވޭ ކަމަށް އީޔޫ ގެ ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

ނަން ހާމަ ނުކުރާ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ވޮން ޑަރ ލެޔަން ޕްލޮވްޑިވް އެއަރޕޯޓަށް ޖައްސާފައި ވަނީ ކަރުދާސް ޗާޓު ބޭނުން ކޮށްގެން ނެވެ.

ބަލްގޭރިއާ ސަރުކާރުން ޔަގީން ކޮށްދީފައިވާ ގޮތުގައި "މަތިންދާބޯޓުގެ ޖީޕީއެސް ނެވިގޭޝަން ސިސްޓަމަށް މަޢުލޫމާތު ފޮނުވާ ސެޓެލައިޓް ސިގްނަލް ނިއުޓްރަލައިޒް ކުރެވިފައިވެއެވެ." ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "ދަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެއަރ ކޮންޓްރޯލް ސަރވިސްތަކުން ވަގުތުން ވަނީ ޓެރެސްޓްރިއަލް ނެވިގޭޝަން ޓޫލްސް ބޭނުން ކޮށްގެން އެހެން ގޮތަކަށް ބޯޓު ޖެއްސުމުގެ މަގު ތަނަވަސްކޮށްދީފައި،" ކަމުގައެވެ.

ބަލްގޭރިއާގެ އެއަރ ޓްރެފިކް ސަރވިސަސް އޮތޯރިޓީން ފައިނޭންޝަލް ޓައިމްސް އަށް ބުނެފައިވާ ގޮތުގައި ޖެނުއަރީ 2022 އިން ފެށިގެން ނެވިގޭޝަން ޖޭމިންގ "ފާހަގަކުރެވޭ މިންވަރަކަށް" އިތުރުވެފައިވެއެވެ.

ކްރެމްލިން އިން ފައިނޭންޝަލް ޓައިމްސް އަށް ބުނެފައި ވަނީ ރަޝިޔާ އިން މި ގޮތައް ނެވިގޭޝަން ނިޒާމުތަކަަށް ހުރަސް އަޅާ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ "ރަނގަޅު ނޫން" މަޢުލޫމާތެއް ކަމަށެވެ.

- ކޮމެންޓް