ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 20:53
އީޔޫ ކޮމިޝަންގެ ނައިބު ރައީސް، ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ ހައި ރެޕްރެޒެންޓޭޓިވް ކާޖާ ކައްލާސް (ވ) އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލޭޔަން (ކ) އީޔޫ ކޮމިޝަންގެ މައި މަރުކަޒު ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގެޓީއިމޭޖަސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ޔޫރަޕިއަން ކޮމިޝަނުން ރަޝިޔާ އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 18 ވަނަ ބުރުގެ ޕެކޭޖް ހާމަކޮށްފި
މިފަހަރުގެ ފިޔަވަޅުތައް އަމާޒު ކޮށްފައިވަނީ ރަޝިޔާގެ ހަކަތަ އާއި އަސްކަރީ ސިނާއަތަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 18 ވަނަ ބުރުގެ ޕެކޭޖެއް ހާމަ ކޮށްފިއެވެ.

މިއީ ޔޫކްރެއިނަށް ރަޝިޔާ އިން އަރާ ދެމުންދާ ހަމަލާތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ.

މިފަހަރުގެ ފިޔަވަޅުތައް އަމާޒު ކޮށްފައިވަނީ ރަޝިޔާގެ ހަކަތަ އާއި އަސްކަރީ ސިނާއަތަށެވެ.

ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރްސުލާ އަންގާރަ ދުވަހު ހާމަ ކުރެއްވި ޕެކޭޖު ގައި ވަނީ ރަޝިޔާގެ ނޯޑް ސްޓްރީމް ގޭސް ހޮޅިލައިންގެ ޚިދުމަތް ހޯދުން މަނާކުރުމަށާއި، އަދި ފިޔަވަޅުތަކާ ޚިލާފަށް ޢަމަލުކުރާ ބޭންކުތަކާއެކު މުޢާމަލާތްތައް ކުރުން މަނާކުރުމަށެވެ. އަދި ކޮމިޝަނުން ހުށަހަޅާފައިވަނީ ޖީ7 އެއް ގެ ޤައުމުތަކުން ރަޝިޔާ އިން ގަންނަ ތެލުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަގު ފީފާ އަކަށް 60 ޑޮލަރުން 45 ޑޮލަރަށް ދަށް ކުރުމަށެވެ.

މި ހުށަހެޅުމުގައި ރަޝިޔާގެ ޝެޑޯ ފްލީޓް އާއި ގަވައިދާ ޚިލާފަށް ރަޝިޔާގެ ތެޔޮ ވިއްކާ ކުންފުނިތަކުގެ ލިސްޓެއް ވެސް ހިމަނާފައިވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން މި ހުށަހެޅުމާ ބެހޭގޮތުން މި ހަފްތާގައި މަޝްވަރާ ކުރަން ފަށާނެއެވެ.

- ކޮމެންޓް