Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2025 | އަންގާރަ 10:26
ފަލަސްޠީނުގެ ޕާސްޕޯޓު، އެމެރިކާ އިން ވަނީ ފަލަސްޠީނުގެ ޕާސްޕޯޓު ހޯލްޑު ކުރާ އެންމެނަށް ވިސާ ދިނުން މެޑު ކަނޑާލާފައި
ފަލަސްޠީނުގެ ޕާސްޕޯޓު، އެމެރިކާ އިން ވަނީ ފަލަސްޠީނުގެ ޕާސްޕޯޓު ހޯލްޑު ކުރާ އެންމެނަށް ވިސާ ދިނުން މެޑު ކަނޑާލާފައި
ރޮއިޓަރސް
އެމެރިކާ-ފަލަސްޠީން
ފަލަސްޠީނުގެ ޕާސްޕޯޓު ގެންގުޅޭ އެންމެނަށް ވިސާ ދޫކުރުން އެމެރިކާ އިން ހުއްޓާލައިފި
މީގެ ދެ ހަފުތާއެއް ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، ޣައްޒާގެ ރައްޔިތުންނަށް ދޫކުރާ ހުރިހާ ވިސިޓާ ވިސާއެއް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެއީ "ފުރިހަމަ އަދި ތަފްސީލީ" މުރާޖާއެއް ކުރުމަށް ކަމަށް ބުނެ އެވެ. މިއީ ފަލަސްޠީނަށް ތާއީދު ކުރާ ގުރޫޕު ތަކުން ކުށްވެރި ކޮށްފައިވާ ފިޔަވަޅެކެވެ.

ފަލަސްޠީނުގެ ޕާސްޕޯޓު ގެންގުޅޭ އެންމެނަށް ވެސް ވިސާ ދޫކުރުން، އެމެރިކާ އިން ހުއްޓާލައިފި އެވެ.

އެމެރިކާގެ ޔޫއެސް ޓައިމްސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އިން ވަނީ ފަލަސްޠީނުގެ ޕާސްޕޯޓު ހޯލްޑު ކުރާ އެންމެނަށް ވެސް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އެމެރިކާ އިން އަޅާފައިވާ މި ފިޔަވަޅަކީ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އަށް ދަތުރުކުރާ ޣައްޒާގެ ފަރާތްތަކާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅެކެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި ފިޔަވަޅު ތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ބޭސްފަރުވާ އާއި، ކިޔެވުމާއި، އަދި ވިޔަފާރީގެ ބޭނުމަށް ވެސް އެމެރިކާ އަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެ އެވެ.

މީގެ ދެ ހަފުތާއެއް ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، ޣައްޒާގެ ރައްޔިތުންނަށް ދޫކުރާ ހުރިހާ ވިސިޓާ ވިސާއެއް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެއީ "ފުރިހަމަ އަދި ތަފްސީލީ" މުރާޖާއެއް ކުރުމަށް ކަމަށް ބުނެ އެވެ. މިއީ ފަލަސްޠީނަށް ތާއީދު ކުރާ ގުރޫޕު ތަކުން ކުށްވެރި ކޮށްފައިވާ ފިޔަވަޅެކެވެ.

އެމެރިކާ އިން އަޅާފައިވާ މި ފިޔަވަޅު ތަކުގެ ސަބަބުން، އެމެރިކާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ އާއިލާތަކަށާއި، އެމެރިކާގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި، އެ ޤައުމުގެ ވިޔަފާރީގެ ގުޅުން ތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، މެދު އިރުމަތީގެ ހަމަ ނުޖެހުންތަކާ ގުޅިގެން އެމެރިކާ ސަރުކާރުން އަޅަމުންދާ ސަލާމަތީ ފިޔަވަޅު ތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ.

އެމެރިކާ އިން މި ފިޔަވަޅު އަޅާފައިވާއިރު، ދާދި ފަހުން އެމެރިކާ އިން ވަނީ މި ހިނގާ ސެޕްޓެމްބަރު މަހު އެ ޤައުމުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް ވެސް ވިސާ ދިނުމަށް އިންކާރު ކޮށްފަ އެވެ. އެކަމާ ގުޅިގެން ފްރާންސް އަދި އެހެން ޤައުމުތަކުން ވެސް ވަނީ، އެކަން އެހެން ނުކުރުމަށް އެމެރިކާ އަށް ގޮވާލައިފަ އެވެ.

އދ އާއި އެމެރިކާ އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އދ ގެ މައި މަރުކަޒު ހުންނަ ޤައުމުގެ ހައިސިއްޔަތުން، އދ އަށް ދަތުރު ކުރާ އޮފިޝަލުންނަށް ވިސާ ދޫކުރުމަށް އެމެރިކާ އަށް އިންކާރު ނުކުރެވޭނެ އެވެ.

މި މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ މައްސަލަ ކުރިއަށް ގެންދާނެ އެވެ. ފްރާންސް އިން އިސްނަގައިގެން ކުރިއަށް ގެންދާ އެ މައްސަލައިގައި، ގިނަ ޤައުމު ތަކަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިއުލާން ކުރެއްވުމާ އެކު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އިތުރުން، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވެސް ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް