Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 16:26
ރައީސް މުއިއްޒު، ޗައިނާގެ ރައީސްއާ ބައްދަލު ކުރެއްވުން
ރައީސް މުއިއްޒު، ޗައިނާގެ ރައީސްއާ ބައްދަލު ކުރެއްވުން
ރާއްޖެއެމްވީ
ޗައިނާ-ރާއްޖެ
ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: މިނިސްޓަރު ސައީދު
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ޗައިނާއާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް
ދެ ގައުމުގެ ކުރިއެރުމާއި ލާބައަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ

ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާ އަކީ ރާއްޖެއާ އެންމެ ކުރީއްސުރެ ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ރައީސް މުޙައްމަދު މުއިއްޒުގެ މި ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ގުޅުމަށް ގިނަގުނަ ގޮންޖެހުންތަކާއި އިމްތިހާނުތައް ކުރިމަތިވި ނަމަވެސް، ދެ ގައުމުގެ ގުޅުން ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ބެލުމެއްނެތި، ދެ ގައުމުގެ ކުރިއެރުމާއި ލާބައަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސް މުއިއްޒު އަދި ޗައިނާގެ ރައީސް ޝީ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ރައީސް މުއިއްޒު މިހާރު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފަ އެވެ. މި ދަތުރުފުޅަކީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

- ކޮމެންޓް