ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 17:47
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް (ކ) ރައީސް މުއިއްޒު (ވ) އާއި ސަލަމް ކުރައްވަނީ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް (ކ) ރައީސް މުއިއްޒު (ވ) އާއި ސަލަމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން 8 ބޭފުޅުންނާއި އާންމުންގެ ތެރެއިން 11 ބޭފުޅުން ޝަހީދުވި

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އަށް އަރުވަން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރު އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސް ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ފަރާތްތަކާއި، އާންމުންގެ ތެރެއިން ޝަހީދުވި ފަރާތްތަކުގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ފަރާތެކެވެ. އަދި އާންމުންގެ ތެރެއިން މީހުން 11 ޝަހީދުވިއެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު، ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫނު ވެސް ވާހަކަ ދައްކަވާނެ އެވެ.

- ކޮމެންޓް