Advertisement
ކ. މާލެ
|
31 އޯގަސްޓް 2025 | އާދީއްތަ 18:33
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
އަލީ ރިފްޝާން
މެެމްބަރު ފަލާހު ނޫސްވެރިން އުލުބައިންދަން ޖެހޭކަމަށް ވިދާޅުވެފައި ވަނިކޮށް، އެމްޖޭއޭގެ ރައީސަށް އިންޒާރުދީފި
އެމްޖޭއޭގެ ރައީސް އަލީ ރިފްޝާނަށް ކާކުކަން ނޭނގޭ އެކައުންޓަކުން އިންޒާރުގެ މެސެޖެއް ފޮނުވައިފި
ޕީއެންސީގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހު ނޫސްވެރިން އުލުބައިންދަން ޖެހޭކަމަށް މަޖިލިސް ތަޅުމުގައި ވިދާޅުވި
މިނިވަން މީޑިއާ ނެތިކޮށްލުމަށް ހުށަހެޅި ބިލާ ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދެމުންދޭ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަލީ ރިފްޝާނަށް ކާކުކަން ކަށަވަރުނުވާ އަކައުންޓަކުން އިންޒާރުގެ މެސެޖެއް ފޮނުވައިފިއެވެ. މިކަން ހިނގާފައި މިވަނީ ނޫސްވެރިން އުލުބައިންދަން ޖެހޭކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އަދި ދާދި ފަހުން ނޫސްވެރިން މަގުމަތިން ރައީސް މުއިއްޒުއާ ސުވާލު ކުރަން މަސައްކަތްކުރާ ވީޑިއޯ، ސޯޝަލް މީޑިޔާގައި މާނަ އޮޅޭގޮތައް ނޫސްވެރިންނާ ދޭތެރޭ ނަފްރަތު އުފެދޭހެން ސަރުކާރުގެ ބައެއް އެކްޓިވިސްޓުން ކަންކަން ފަތުރަމުންދާ ދަނޑިވަޅެއްގައެެވެ.

"Mohamed Irushad" ގެ ނަމުގައި ހުޅުވާފައިވާ އެކްސް އެކައުންޓަކުން ރިފްޝާނަށް ފޮނުވި މެސެޖެއްގައި ވަނީ މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި، ހަދަން ބޭނުން ކޮންމެ ގޮތެއް ހެދޭނެ ކަމަށެވެ. އަދި ބިލު ވެސް އޮތް ގޮތަށް ފާސްކޮށް މީޑިއާ ކޮންޓްރޯލު ކުރާނެ ކަމަށް އެމެސެޖުގައި ބުނެފައިވެއެވެ. ދެން މަންޒަރު ފެންނާނި ބިލަށްވުރެ ވެސް ގޯސްކޮށް ކަން ފާހަގަކޮށް އެމެސެޖުގައި ދެން ބުނީ ރިފްޝާން އަށް އޮތް ގޮތް ވަރަށް އަވަހަށް ފެންނާނޭ ކަމުގައެެވެ.

ރިފްޝާން އަށް އިންޒާރުދީ ފޮނުވި މެސެޖުގެ ސްކްރީން ޝޮޓެއް

މަގުމަތީގައި ނޫސްވެރިން ރައީސް އާ ސުވާލު ކުރުމާ ގުޅުވައިގެން އެ މެސެޖުގައި ބުނީ ދެން ރައީސްގެ ސަޕޯޓަރުން ދުވާނީ ރިފްޝާންގެ ފަހަތުން ކަމަށާއި އަވަހަށް އިސްތިއުފާ ދިނުމަށެވެ.

ކާކުކަން ނޭނގޭގޮތަށް ހަދާފައިވާ އެކައުންޓަކުން މި އިންޒާރު ދިނުމަށްފަހު، އެ އެކައުންޓް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ރިފްޝާން ބުނީ އެމްޖޭއޭގެ ފަރާތުން މި މައްސަލަ މިހާރު ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ކަމަށާއި، އަދި ފުލުހުން މައްސަލަ ބަލާނެ ކަމުހެގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ތި ފާޑަށް ނޫޅުއްވާ. ތިބޭފުޅާގެ ކުދިންކޮޅު ލައްވާ އަހަރުމެންގެ ރައީސްގެ ފަހަތުން ދުވަން ނަހަދާ. ރައީސްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލެވޭނެ. ތިބޭފުޅާއަށް ދެން މަންޒަރު ފެންނާނީ ބިލަށްވުރެ ގޯސްކޮށް. އަހަރުމެންގެ ރައީސްގެ ސަޕޯޓަރުން ދެން ދުވާނީ ތިބޭފުޅާގެ ފަހަތުން. ދެން ޖެހޭނީ ހިތާމަކުރަން. އަވަހަށް މަގާމުން އިސްތިއުފާ ދެއްވާ. މިއީ ދިވެހިންގެ ރާއްޖެ، ހަދާނީ އަހަރުމެން ބޭނުން ގޮތަށް. ބިލް ވެސް އޮތް ގޮތަށް ފާސްކޮށްލާނީ. ކޮންޓްރޯލް ކުރާނެ. ތިބޭފުޅާއަށް އޮތް ގޮތް ވަރަށް އަވަހަށް ފެންނާނެ.

ރިފްޝާން އަށް އިންޒާރުދިން ފަރާތް

މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ނޫސްވެރިން ރައީސް މުއިއްޒާ ސުވާލުކުރާ ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރުމާއެކު، ސަރުކާރަށް ތާއީދުކޮށް ޕްރޮމޯޓްކުރާ އެކައުންޓްތަކުން ވަނީ ނޫސްވެރިންނަކީ އަޚްލާޤު ނެތް ބައެއްގެ ގޮތުގައި ސިފަކޮށް، ހާދިސާ ހިނގާދިޔަ ގޮތް އޮޅުވާލައިގެން މަޢުލޫމާތު ފަތުރާފައެވެ. އަދި ނޫސްވެރިންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ފަލާހު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދިވެހިރާއްޖެ އަދި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.

ދިވެހި ރަދީފުގައި ބަޔާންކޮށްފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

ފަލާހުގެ މިވާހަކަތައް ގިނަބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އަދި ފަލާހުގެ މައްލަސަލަ ޕޮލިހަސް ހުށަހެޅުމުން ޕޮލިހުންވަނީ މި މައްސަލަ ބެލުުމުގެ ގާނޫނީ ލަފަޔަކަށް ޕީޖީގައި އެދިފައެވެ.

- ކޮމެންޓް