ކ. މާލެ
|
31 އޯގަސްޓް 2025 | އާދީއްތަ 13:11
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025
ދިރާގު
ދިރާގު
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 މާދަމާ ފަށަނީ!
މި މުބާރާތުގައި ޖުމްލަ 8 ގައުމަކުން 347 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 30 ބައިނަލްއަގުވާމީ ކުޅުންތެރިން ހިމެނެއެވެ. މި ފޯރިގަދަ މުބާރާތުގައި ޖުމްލަ 733 މެޗު ފެނިގެންދާނެ އެވެ.

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް، 1 ސެޕްޓެންބަރު 205ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

މި މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި 6 ސެޕްޓެންބަރު 2025ގެ ނިޔަލަށެވެ.

ދަ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 8 ގައުމަކުން 347 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 30 ބައިނަލްއަގުވާމީ ކުޅުންތެރިން ހިމެނެއެވެ. މި ފޯރިގަދަ މުބާރާތުގައި ޖުމްލަ 733 މެޗު ފެނިގެންދާނެ އެވެ.

ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ. މީގެ އިތުރުން، އޯޕަން ކެޓަގަރީ، ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ވަނީ ހިމަނައިފަ އެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

- ކޮމެންޓް