Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 18:11
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޕީޕަލްސް މަޖްލިސް
އަޙުމަދު އަޒާން
މީޑިޔާ ކޮންޓްރޯލް ކުރާ ބިލު ބަލައިގަތުމަށް އަޒާން ވޯޓު ނުދެއްވާ
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު މަޖިލީހުން 49 މެންބަރުންގެ ވޯޓުން ބަލައިގަތް
އަހުމަދު އަޒާން ވޯޓުގައި ބައިވެރިނުވި ނަމަވެސް ބިލާ މެދު ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރި
ބިލަކީ ނޫސްވެރިންނަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް ފަރުމާކުރެވިފައިވާ ބިލެއް

މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމުގެ ވޯޓުގައި، ސަރުކާރަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ބައިވެރިނުވާކަން ހާމަވެއްޖެވެ. މި ބިލަކީ ނޫސްވެރިންނަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް ފަރުމާކުރެވިފައިވާ ބިލެކެވެ.

ނޫސްވެރިން މި ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ 49 މެންބަރުންގެ ވޯޓުންނެވެ. އަދި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.

މިއަދުގެ ޖަލްސާއަށް އަޒާން ހާޒިރުވެވަޑައިގެން ހުންނެވި ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިނުގަތްކަން ވޯޓުގެ ނަތީޖާއިން ދައްކައެވެ. ބިލަށް ބަހުސްކުރެއްވުމުގައި އަޒާން ވިދާޅުވެފައިވަނީ، ދައުލަތުގެ ތިން ބާރު ވެސް ހިނގަމުންދަނީ ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކެއްގެ ތެރެއިން ކަމަށާއި، ހަތަރުވަނަ ބާރު ކަމުގައި ބެލެވޭ މީޑިއާ ވެސް ހިންގަންޖެހޭނީ އެފަދަ މިންގަނޑުތަކެއްގެ ތެރެއިން ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.

އަޒާން ވަނީ ބިލުގައި ހުރި އެތައް ކަންބޮޑުވުންތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި، ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާއެކު ނޫހެއް ހުއްޓުވާލުމުގެ ބާރު އެ ކޮމިޝަނަށް ލިބިދިނުމާއި، މުއްދަތެއް ނެތް ގޮތަށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ބެލުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމަކީ، ސަރުކާރަށް ބޭނުން ވަގުތެއްގައި ވަކި ކަންކަން މަނާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެން މިފަދަ ޤާނޫނުތައް ހަދާއިރު ވިސްނަންޖެހޭ، އަބަދަކު ވެރިކަމުގައި ތިބޭނީ އަޅުގަނޑުމެންގެ ޕާޓީ ނޫންކަން. ކުރީގެ ސަރުކާރުގެ ފަދަ ވެރިކަމެއް އަލުން އަތުވެއްޖެނަމަ، މިފަދަ ޤާނޫނުތައް ބޭނުންކުރާނީ އަޅުގަނޑުމެންނާއި، ނޫސްވެރިންނާއި، މިނިވަން ޚިޔާލާއި ފިކުރާ ދެކޮޅަށް

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

މީގެ ކުރިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލުގެ ވޯޓުގައި ވެސް، ވޯޓު ގަޑީގައި ހުންނަވައި ބިލަށް ވޯޓު ނުދެއްވައި އަޒާން ނުކުމެވަޑައިގެންނެވި އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއެއް ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަަކަށް އޮންނަ 241 ކޮމިޓީން އަޒާން ވަކިކޮށް އާދައިގެ ކޮމިޓީތަކަށް ބަދަލުކުރި އެވެ. އަލުން އެ ކޮމިޓީތަކަށް އަޒާން ބަދަލުކުރީ ފަސް މަސް ދުވަސް ފަހުން، މީޑިއާގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ދުވަހު އެވެ.

- ކޮމެންޓް