މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް ވަރަކަށް ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަަށާއި އެއްވެސް އިރެއްގައި މީޑިއާތައް ކޮންޓްރޯލް ކޮށްފައެއް ވެސް ނޯންނާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައިސް ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ކުރިކަމެއް ނޫން ކަމަށާއި އަދި އެއްވެސް އިރެއްގައި ކުރާނެވެސް ކަމެއް ނޫން ކަމަށެވެ.
ރައިސް ވިދާޅުވީ "މައުލޫމާތު ލިބޭގޮތުގައި" އަމިއްލަ މެންބަރަކު މީޑިއާ އާއި ބެހޭ ބިލެއް ހުށަހަޅާފައިވާކަން ވަނީ އެނގިވަޑައިގެން ފައިވާކަމަށެވެ.
ސަރުކާރުގެ ފަރާތުން ސަރުކާރުގެ ޕާޓިން ޕީއެންސީގެ މެންބަރުންނަށް އަޅުގަނޑު މިހާރުވާނީ ދަންނަވާފަ، އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނެ، އެ ބިލުގަ ހުށަހަޅާފަ އެބަ އޮވޭ ރައިސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ކޮމިޝަން، އެ ބިލު ފާސްވެގެން ގާނޫނަކަށް ވާންޏާ، ވާއިރުގަ އުފެދޭ ކޮމިޝަންގެ ރައީސް އަކަށް ހުންނާނީ، އެގޮތަކަށް އެކަމެއް އަޅުގަނޑެއް ނުކުރާނަން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު![]()
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ކުރައްވާ ރައިސް ވިދާޅުވީ، އެ ބިލު ފާސްވެއްޖެ ނަމަ އެ އުފެދޭ ކޮމިޝަންގެ ރައީސަކަށް ވާންވާނީ އެ ކޮމިޝަނުގެ މެންބަރުން ވޯޓު ލައިގެން ނަގާ މީހެއް ކަމަށެވެ. އަދި އެގޮތައް އަމަލުކުރުމަށް ޕިއެންސިގެ މެންބަރުންނަށް އަންގާފައިވާނެ ކަމަށް ރައިސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މީޑިއާ ވާންޖެހޭނީ މިނިވަން ކަމާއިއެކު އޮޕަރޭޓު ކުރާ ތަނަކަށް ކަމަށައި މީޑިއާ ރެގިއުލޭޓު ކުރުމާއި ބެލެހެއްޓުމުގައިވެސް އެމަނިކުފާނުގެ ކޮންޓްރޯލެއް އޮންނަން ބޭނުން ނުވާކަމަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައި ނުވި ނަމަވެސް އެ ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.