Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 22:59
ސަންޓޯ މުޢިއްޒުއާއެކު
ސަންޓޯ މުޢިއްޒުއާއެކު
ރާއްޖެއެމްވީ
ސަނާހު ޕީއެންސީން ވަކިވުން
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
ސަންޓޯ ޕީއެންސީން ވަކިވި ސަބަބު ހާމަކޮށްފަ ނުވި ނަމަވެސް ތިމަރަފުށީ ދާއިރާގެ ޕްރައިމަރީގައި ކާމިޔާބުވި ސަންޓޯއަށް ޓިކެޓު ނުދީ އަހުމަދު ރިޔާޒު އަށް ދިނުމުން ޕީއެންސީ ލީޑަރޝިޕާއި ސަންޓޯއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވޭ
ސަންޓޯއަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒަށް ހޯދައިދިނުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ އިސްކޮށް މަސައްކަތް ކުރެއްވި އެކަކު

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒު އަށް އެންމެ ވަފާތެރި އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ޕާސަނަލް އެސިސްޓެންޓަކަށް ހުރި ސަނާހު (ސަންޓޯ) ޕީއެންސީން ވަކިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަނާހު ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.

ކުއްލިގޮތަކަށް ޕީއެންސީން ސަންޓޯ ވަކިވި ސަބަބު ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕީއެންސީ ލީޑަރޝިޕާއި ސަނާހުއާ ދެމެދު މީގެ ކުރިން ވަނީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އެގޮތުން އޭރު ނުތަނަވަސްކަން އުފެދުނީ ސަނާހު ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު އެދާއިރާގެ ޕީއެންސީ ޓިކެޓު މުޢިއްޒު ދިނީ އަމިއްލަގޮތުން ކުރިމަތިލެއްވި އަދި އެދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ރިޔާޒު އަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ސަންޓޯއަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒަށް ހޯދައި ދެއްވުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ އިސްކޮށް މަސައްކަތް ކުރެއްވި އެކަކެވެ.

- ކޮމެންޓް