Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 23:41
ހދ. ގެ ހަތަރު ރަށެއްގައި ގާއިމް ކުރި އޭޓިއެމް
ހދ. ގެ ހަތަރު ރަށެއްގައި ގާއިމް ކުރި އޭޓިއެމް
ބެންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސްއިން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރި
އޭޓީއެމް ޚިދުމަތް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބީއެމްއެލްގެ އިސްވެރިން ބައިވެރިވި

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

އެގޮތުން ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމުގައި ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.

އޭޓިއެމްގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިޔުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަޚުރެއް ނޫން، މިއީ މި މުޖުތަމަޢުތަކަށްވެސް ލިބޭ އުފަލެއް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް