Advertisement
ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 10:34
މ. އަފްޒާގެ އެޕާޓްމަންޓަކަށް ގެއްލުންވެފައި
މ. އަފްޒާގެ އެޕާޓްމަންޓަކަށް ގެއްލުންވެފައި
އެންޑީއެމްއޭ
އަލިފާނުގެ ހާދިސާ
އޭސީ އައުޓްޑޯރ ޔުނިޓެއްގައި އަލިފާން ރޯވެ އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ
ނަމަވެސް އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުންތައް ލިބިފައިވޭ

މާލެ ގެއެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި އަލިފާން ރޯވެ އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އާދިއްތަ ދުވަހު އެމްއެންޑީއެފުން ބުނީ، މ.އަފްޒާ ގޭގެ 6ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:43 ހާއިރު ކަމަށެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ ގާތްގަނޑަކަށޤ 07:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެއެޕާޓްމަންޓުގެ ސިޓިންގރޫމާއި، ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މ.އަފްޒާ 6 ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަދި އެންޑީއެމްއޭއިން ބުނީ އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތަށް (1 އަންހެން ) 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު ހަމަޖައްސައިދީފައިވާ ކަމަށެވެ.

- ކޮމެންޓް