ރައީސް މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން ހުއްޓިފައިވާ މަޝްރޫއުތަކުގެ ކަންބޮޑުވުން ކައުންސިކުން ފާހަގަ ކޮށްފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮހު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ހުއްޓިފައިވާ ސްކޫލް މަޝްރޫޢު އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވައި، ޞިއްހީމަރުކަޒުގެ އިމާރާތުގައި މިހާރުހުރި ގޮންޖެހުންތަކަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރައްވައި އެކަމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.