ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 13:36
އިންޑޮނީޝިއާ ގެ ބެންގްކުލޫ ޕްރޮވިންސްގެ ބެޓަންގަން އާބަން ވިލެޖް އަށް އައި 6.3 މެގްނިޓިއުޑް ބިންހެލުމުގައި ހަލާކުވެފައިވާ ގެތަކުގެ ތެރޭގައި މީހުން ހަރަކާތްތެރި ވަނީ - 23 މެއި 2025.
އިންޑޮނީޝިއާ ގެ ބެންގްކުލޫ ޕްރޮވިންސްގެ ބެޓަންގަން އާބަން ވިލެޖް އަށް އައި 6.3 މެގްނިޓިއުޑް ބިންހެލުމުގައި ހަލާކުވެފައިވާ ގެތަކުގެ ތެރޭގައި މީހުން ހަރަކާތްތެރި ވަނީ - 23 މެއި 2025.
ގެޓީއިމޭޖަސް
އިންޑޮނޭޝިޔާ
އިންޑޮނީޝިއާ އަށް ބިންހެލުމެއް، 29 މީހުންނަށް އަނިޔާވެއްޖެ
އިންޑޮނޭޝިއާގެ ސުލަވެސީގައި ހިނގި 6.0 ގެ ބިންހެލުމުގައި 29 މީހުންނަށް އަނިޔާވެ، އޭގެ ތެރެއިން ދެމީހުގެ ހާލަތު ސީރިއަސްވެއްޖެއެވެ. "ޕެސިފިކް ރިންގް އޮފް ފަޔަރ" ގައި އޮންނަ މި ޤައުމުގައި ހިނގި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމަށް އިމަޖެންސީ އޮޕަރޭޝަންތައް މިހާރު ދަނީ ކުރިއަށެވެ.

އިންޑޮނޭޝިއާގެ ސުލަވެސީ އަށް އައި ބިންހެލުމެއްގައި މަދުވެގެން 29 މީހުންނަށް އަނިޔާވެއްޖެ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ބިން ހެލުމުގެ ބާރު މިނަކީ ރިކްޓަރ ސްކޭލް އިން 6.0 ކަމަށް ރިޕޯޓު ތައް ބުނެ އެވެ.

އިންޑޮނޭޝިއާގެ ޤުދުރަތީ ކާރިސާތަކާ ބެހޭ އިދާރާ (ބީއެންޕީބީ) އިން ބުނާ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހު މެދުތެރޭ ސުލަވެސީ ގައި ހިނގި މި ހާދިސާ ގެ ސަބަބުން 29 މީހުންނަށް އަނިޔާވެފައި ވެއެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލަތު ސީރިއަސް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ބިންހެލުން އުފެދުނީ ބިމު އަޑިން 10 ކިލޯމީޓަރުގެ ފުނުން ކަމަށާއި އަދި އެ ސަރަޙައްދުގެ އެހެން ރަށްތަކުގައިވެސް މި ބިންހެލުމުގެ އަސަރު އިހްސާސްކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އިންޑޮނޭޝިއާ އަކީ "ޕެސިފިކް ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރު، ބިންހެލުން ގިނައިން އަންނަ ސަރަޙައްދެއްގައި އޮންނަ ޤައުމެކެވެ. މި ސަރަޙައްދަކީ ބިމުގެ އެކި ފަށަލަތައް ގުޅޭ ހިސާބުކަމުން، އެތަނުގައި ބިންހެލުން އައުމަކީ އާންމު ކަމެކެވެ.

މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް އިމަޖެންސީ އޮޕަރޭޝަންތައް މިހާރު ދަނީ ކުރިއަށެވެ. އަދި އަނިޔާވި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބީއެންޕީބީ އިން މަޢުލޫމާތު ދީފައިވެއެވެ.

- ކޮމެންޓް